Advertisement
ކ. މާލެ
|
2 ނޮވެންބަރ 2019 | ހޮނިހިރު 16:34
މަސްދޯންޏެއް
މަސްދޯންޏެއް
އެމްއެންޑީއެފް
މީހަކު މަރުވުން
މަސްދޯންޏެއްގެ ވަތު ތެރެއަށް ވެއްޓި މީހަކު މަރުވެއްޖެ
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުން

ކ. ގުރައިދޫއިން މަހަށް ނިކުތް ދޯންޏެއްގެ ވަތު ތެރެއަށް ވެއްޓި 23 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ކ. ގުރައިދޫއިން މަހަށް ނިކުތް ދޯންޏެއްގެ ވަތު ތެރެއަށް ވެއްޓި އުމުރުން 23 އަހަރުގެ ފިރިހެނެއްގެ ހަރަކާތް ހުއްޓިފައިވާ ކަމުގެ މައްސަލައެއް ރޭ ދަންވަރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

Advertisement

އަދި އެ މީހާ ހޮނިހިރު ދުވަހުގެ ހެނދުނު ގުރައިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި އެ ޒުވާނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް އެ ސެންޓަރުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވަނީ މަރުވެފައިވާ ޒުވާނާގެ ބޭރު ފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށެވެ. ފުލުހުން ދަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް