Advertisement
ކ. މާލެ
|
2 ނޮވެންބަރ 2019 | ހޮނިހިރު 11:53
އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު
އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު
އަޒުމޫން އަހުމަދު
މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީ
އިލެކްޝަންސް ކޮމިޝަނަށް ބޭފުޅަކު އައްޔަންކުރުން: ކޮމެޓީގެ ރިޕޯޓުން އެއްވަނާގައި ފުއާދު!
ރައީސް ފޮނުއްވި ހަތަރު ނަމުގެ ތެރެއިން އެއްވަނާގައި ވެސް ފުއާދު
ކޮމެޓީން ނިންމި ރިޕޯޓުގެ އެއްވަނާގައި ފުއާދު
ގޮތެއް ނިންމާނީ މަޖިލީހުގައި ނަގާ ވޯޓުން

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށްޓައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަން ތެރެއިން، ކޮމެޓީން ދިރާސާކުރުމަށްފަހު، ނަންތައް ތަރުތީބު ކުރިއިރު، ފުރަތަމަ ނަމަކަށް ފުއާދު ތައުފީގުގެ ނަން ކޮމެޓީން ފާސްކޮށްފި އެވެ.

ފުއާދު ތައުފީގަކީ މީގެކުރިން އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ދައުރު ހަމަވާތީ، ރައީސް އޮފީހުން ކުރި އިއުލާނަކާއި ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ހަތަރު ބޭފުޅެއްގެ ނަން ރައީސް ސޯލިހު ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. އެއީ:

1. ފުއާދު ތައުފީގު، މއ. ތަޅަމުދުގެ

2. އަމުޖަދު މުސްތަފާ، އަލިވާގެ، ގއ. މާމެންދޫ

3. ހަސަން ނާޒިމް، ހ. ގާޑެނިޔާ

Advertisement

4. ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އެ ބޭފުޅުންނާ އިންޓާވިއުކޮށް، ދިރާސާކުރުމަށްފަހު، ކޮމެޓީން ވަނީ ތިން ބޭފުޅެއްގެ ނަން ފާސްކޮށްފަ އެވެ. އަދި ކޮމެޓީންވެސް ވަނީ އިސްކަންދޭ ތަރުތީބުން ފުރަތަމަ ބޭފުޅަކަށް ފުއާދުގެ ނަން ފާސްކޮށްފަ އެވެ. ދެ ވަނަ ބޭފުޅަކަށް ކޮމެޓީން ނިންމާފައިވަނީ އަމުޖަދު މުސްތަފާ އެވެ. އަދި ތިން ވަނަ ބޭފުޅަކަށް ކޮމެޓީން ފާސްކޮށްފައިވަނީ ހަނީފާ ހާލިދު ނަމެވެ.

މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާނީ، ކޮމެޓީން ނިންމާފައިވާ ތަރުތީބުން ނެވެ. އަދި އެ ތިންނަމުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުގެ ގޮތުގައި ކަނޑައެޅޭނީ އެންމެ ގިނަ ވޯޓް ހޯދަވާ ބޭފުޅެކެވެ.

މަޖިލީހުން ރުހުންދޭ ފަރާތްތަކާއި މަޖިލީހުން ފާސްކުރާ މުހިއްމު ބައެއް ނިންމުތައް ނިންމުމުގެ ކުރިން މަޖިލީހުގެ ސާފު މެޖޯރިޓީ އޮންނަ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވެސް އެފަދަ ކަންކަމަށް ގޮތެއް ނިންމައެވެ. މަޖިލީހުގެ އެމްޑީޕީގެ ސާފު މެޖޯރިޓީ އޮންނާތީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާ ނިންމުންތަކަކީ މުހިއްމު ނިންމުންތަކަށް ވަނީ ވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލީ އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާގެ ދައުރު މި ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ހަމަވާތީއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް ދެވަނަ ދައުރަކަށް އަމްޖަދު ކުރިމަތި ލެއްވިއިރު، ފުއާދު ތައުފީގަކީ އެކޮމިޝަނުގެ ކުރީގެ ރައީސެވެ. އަދި ހަނީފާ ހާލިދަނީ ގިނަ ދުވަސްތަކެއް ވަންދެން އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލުކަން ކުރެއްވި ގާނޫނީ ވަކީލެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް