Advertisement
ކ. މާލެ
|
2 ނޮވެންބަރ 2019 | ހޮނިހިރު 11:45
\'\'ސާފު އުތުރު\'\' ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
''ސާފު އުތުރު'' ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
އއ.ފެރިދޫ
އއ. އަތޮޅުގެ ރަށްތައް އެެކުވެގެން ފެރިދޫގައި ''ސާފު އުތުރު'' ފަށައިފި
ކައިރި ރިސޯޓުތަކުންވެސް ބައިވެރިވި
ޓީމުތައް ބަހަލާފައިވަނީ އަށްސަރަހައްދަކަށް

އއ. އުތުރުބުރީ ކައުންސިލުން އިސްނަގައިގެން އެ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ''ސާފު އުތުރު'' ގެ ނަމުގައި ފެރިދޫ ގައި ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އއ. އަތޮޅުގެ ހުރިހާ ރަށަކުން މީހުން ބައިވެރިވާ މި ހަރާކަތް ފަށާފައިވަނީ ފެރިދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތަކުންނެވެ. ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ އެންވަޔަރަމެންޓްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ސަމީރެވެ. އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement

އެއް ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ހަރަކާތާއި ބެހޭ ގޮތުން ރާއްޖެ.އެމްވީ އަށް މައުލޫމާތުދެމުން އއ. އަތޮޅު ކައުންސިލްގެ މެމްބަރު މުހައްމަދު ނާހިދު ވިދާޅުވީ، އެ ހަރަކާތަކީ އެ އަތޮޅުގެ ކައުންސިލަރުންގެ މަހާސިންތާގައި ނިންމި ނިންމުމެއްގެ މަތިން ބާއްވަން ހަމަޖެއްސި ޕްރޮގްރާމެއް ކަމަށެވެ. މަހާސިންތާގައި ނިންމާފައިވަނީ ކޮންމެ އަހަރަކުވެސް ކޮންމެވެސް އެއް ރަށެއްގައި ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށެވެ.

ނާހިދު ވިދާޅުވީ، އެ ހަރަކާތަށް ތައްޔާރުވަމުން އަންނަތާ ހަފްތާ އަކަށްވުރެ ގިނަ ދުވަސްވެއްޖެ ކަމާށާއި، އެކި ރަށްރަށުގެ މީހުންނާއި ކައިރި ރިސޯޓުތަކުގެ މީހުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 500 އެއްހާ މީހުން މި ސާފުކުރުމުގެ ޕޮރްގާރްމްގައި ބައިވެރިވެއެވެ. ސާފުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވާ ޓީމްތައް ބަހާލާފައިވަނީ އަށްސަރަހައްދަކަށެވެ. އެއިން ކޮންމެ ސަރަހައްދެއް ގައި ލީޑަރަކު ހުންނާނެއެވެ.

މެންދުރު ކުރިން ދެ ގަޑިއިރު ސާފުކުރުން އޮންނާނެ. މެންދުރު ފަހުން ދެ ގަޑިއިރުގެ ސާފުކުރުން ކުރިޔަށްދާނެ.
އއ. އަތޮޅު ކައުންސިލްގެ މެމްބަރު މުހައްމަދު ނާހިދު

ހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ނާހިދު ވިދާޅުވީ، ބޮޑަށް ސާފުކުރަން ހަމަޖެހިފައިވަނީ ޕްލާސްޓިކްތައް ކަމަށެވެ. ކައުންސިލްގެ ވިސްނުމަކީ ސާފުކުރުމަށް ފަހު އެއްކުރާ ހުރިހާ ކުނިތަކެއް ރައްކާތެރި ކަމާއި އެކު ނައްތާލުން ކަމަށެވެ. އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނު ސަމީރު ވިދާޅުވީ، ރަނގަޅު ގޮތުގައި ކުނި ނައްތާއްލުމަކީ ހުރިހާ އެންމެންގެ ޒިންމާ އެއް ކަމަށެވެ. އަދި ރަށްރަށުން ލިބޭ ތަރުހީބަށް އޭނާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ސާފު އަރިއަތޮޅު ޕްރްގްރާމް ހިންގަނީ، އެސްޓީޔޯ، އެމްޑަބްލިއުއެސްސީ، ދިރާގު، ބީއެމްއެލްގެ އެހީތެރިކަމާއި އެކުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
2 ނޮވެންބަރ 2019 | ހޮނިހިރު 14:39
އަންވަރު
ސާފު އަރިއުތުރު