Advertisement
ކ. މާލެ
|
1 ނޮވެންބަރ 2019 | ހުކުރު 18:31
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުވައްމުލަކު ސިޓީއަށް ވަޑައިގެން ސަޕޯޓަރުންނާއި ސަލާމްކުރައްވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުވައްމުލަކު ސިޓީއަށް ވަޑައިގެން ސަޕޯޓަރުންނާއި ސަލާމްކުރައްވަނީ
ރާއްޖެއެމްވީ
ފުވައްމުލަކު ސިޓީ
ރައީސް ނަޝީދު ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވައިފި
ރައީސް ނަޝީދު ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވީ ހުކުރު ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރު ރާއްޖޭގެ ދެކުނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކު ސިޓީއަށް ވަޑައިގެންފިއެވެ.

ހުކުރު ދުވަހުގެ މެންދުރު ފަހު ރައީސް ނަޝީދު ފުވައްމުލަކު ސިޓީ ވަޑައިގަތުމުން އެ ރަށުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ނަޝީދަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

މި ދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ ހޮނިހިރު ދުވަހުގެ ހަވީރު އެރަށު ކައުންސިލާއި ބައްދަލު ކުރައްވާ ކައުންސިލްގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުއްވާފައެވެ.

Advertisement

އަދި ހުކުރު ދުވަހުގެ ރޭ 8:30 ގައި އެރަށުގެ ރައްޔިތުންނާއި އެމަނިކުފާނު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދެކުނުގެ ހަތަރު އަތޮޅަށް ރައީސް ނަޝީދު ކުރައްވާ މި ދަތުރުފުޅުގައި ހޮނިހިރު ދުވަހު އައްޑޫ ސިޓީއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް