މަކިޓާ ހެއްޔާ ޕްރޮމޯޝަންއާއި ގުޅުވައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއައް ގެންދިޔަ މުބާރާތުގެ އެއްވަނައަށް އައި ފަރާތަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިނާމު ހަވާލުކޮށްފިއެވެ.
މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެން ދިޔަ މި މުބާރާތުގެ އެއްވަނައަށް ގޮސްފައިވާ ފަރާތަށް އިނާމު ހަވާލުކުރުމަށް ބުދަ ދުވަހުގެ ރޭ އެސްޓީއޯ ޓްރެއިންނިގް ރޫމްގައި ބޭއްވި ރަސްމިއްޔާތުގައި މަކިޓާ ކުންފުނީގެ އިސް ބައެއް ވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދިއަ މި މުބާރަތުގެ ވަނަ ހޮވާފައިވަނީ ޖަޖުންގެ 50 އިންސައްތަ އަދި އާންމުންގެ ފޭސްބުކް ލައިކްއަށް ބެލުމަށްފަހު އާއްމުންގެ %50 ސައްތަ ލިބިގެންނެވެ. މި މުބާރާތުގެ ޖަޖުންގެ ގޮތުގައި މަސައްކަތްކުރައްވާފައިވަނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ކަލްޗަރަލް ހެރިޓޭޖް މެނޭޖަރ އަހުމަދު ހާޝިމްއާއި ލަކުޑި ވަޑާމުގެ ފަންނުވެރިއެއް ކަމަށްވާ އަހުމަދު ޝަފީއު މަހުމޫދުއެވެ. މުބާރާތުން އެއްވަނައަށް ގޮސްފައިވަނީ އަހުމަދު ސަލީމް(މާޒް ސަލީމް)އެވެ. އެއްވަނައަށް ހޮވުނު ފަރާތަށްވަނީ އިނާމުގެ ގޮތުގައި މަކިޓާގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ތެރެއިން ބައިލައްކަ ރުފިޔާގެ ތަކެތި ދީފައެވެ.
މަކިޓާ ހެއްޔާ ޕްރޮމޯޝަންއިތުރު އިނާމު ތަކާއެކު އަންނަ އަހަރުވެސް މި މުބާރާތް ބޭއްވުމަށް ނިންމާފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. މި މުބާރާތާއެކު ކުރިޔަށް ގެންދިޔަ މަކިޓާ ހެއްޔާ ޕްރޮމޯޝަންގައި 25 އިންސައްތައާ ހަމައަށް ކަސްޓަމަރުންނަސް ޑިސްކައުންޓް ދީފައިވެއެވެ.