Advertisement
ކ. މާލެ
|
1 ނޮވެންބަރ 2019 | ހުކުރު 17:45
ޓެރެރިޒމްގެ ތުހުމަތުގައި ފުލުހުން ތަނެއް ބަލައި ފާސްކުރަނީ
ޓެރެރިޒމްގެ ތުހުމަތުގައި ފުލުހުން ތަނެއް ބަލައި ފާސްކުރަނީ
ވަން އޮންލައިން
ފުލުހުން
އަނިޔާވެރިކަމަށް ހިތްވަރުދިންކަމުގެ ތުހުމަތުގައި ފުވައްމުލަކުން ހައްޔަރުކުރި މީހާ ދޫކޮށްލައިފި
ދޫކޮށްލި ސަބަބު ފުލުހުން ހާމައެއް ނުކުރޭ
އެއީ 19 އަހަރުގެ ދިވެހި ފިރިހެނެއް
ހައްޔަރުކުރީ މުޖްތަމައު ތެރޭގައި ފިތުނުފަސާދަ އުފައްދައި ހަރުކަށި ވިސްނުން ފެތުރުމުގެ ތުހުމަތުގައި

ސޯޝަލް މީޑިއާ މެދުވެރިކޮށް މުޖުތަމައު ތެރޭގައި ބިރުވެރިކަން އުފައްދައި އަނިޔާވެރިކަމަށް ހިތްވަރަދެމުންދާކަމުގެ ތުހުމަތުގައި ފުވައްމުލަކުން ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.

19 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކުރީ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުގެ ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރުދީ، މުޖުތަމައުގައި ބިރުވެރިކަން އުފެދޭގޮތަށް އަނިޔާވެރިކަމަށް ހިއްވަރު ދެމުންދާ މައްސަލައެއްގައެވެ.

Advertisement

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި މިހާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިމައްސަލާގައި އިތުރު ތަފްސީލެއް ފުލުހުން ހާމައެއްނުކުރެއެވެ.

އިސްލާހްކުރެވުނު ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ފުލުހުންނަށް ވަނީ ބޮޑެތި ބާރުތަކެއްދީފައިވާއިރު، ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް