ކ. މާލެ
|
1 ނޮވެންބަރ 2019 | ހުކުރު 00:28
ބްލަންކްގެ ޝޯރޫމް
ބްލަންކްގެ ޝޯރޫމް
ސިމާހާ ނަސީމް
ބްލަންކް ޝޯރޫމް
ބްލަންކްގެ ދެވަނަ ޝޯރޫމް ހުޅުމާލޭގައި ހުޅުވައިފި
ފުރަތަމަ ޝޯރޫމް ހުޅުވާފައިވަނީ 2018 ވަނަ އަހަރުގެ އޭޕްރިލް 5 ވަނަ ދުވަހު
ޝޯރޫމް އިން ހާއްސަ ޕްރޮމޯޝަނެއް ފަށާފައިވޭ
ލައިޓިންގ ޝޯރޫމެއް އަންނަ އަހަރު ހުޅުވާނެ ކަމަށް ވެލިގާ އިން ބުނޭ

ވެލިގާ ހާޑްވެއަރ އިން ބްލަންކްގެ ދެވަނަ ޝޯރޫމް ހުޅުމާލޭގައި ހުޅުވައިފިއެވެ.

މި ޝޯރޫމް ހުޅުވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގެ ނިރޮޅުމަގުގައި ހުޅުވާފައިވަނީ (ޔޫރޯ ސްޓޯރ) ކުރިމަތީގައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވެލިގާ ގެ ޑިރެކްޓަރ އައްބާސް މުހައްމަދު ވިދާޅުވީ މިފަހަރު ޝޯރޫމް ހުޅުވާފައިވަނީ ސެނިޓަރީވެއާ އާއި ހޯމް ރޭންޖްގެ ސާމާނުތަކަށް ހާއްސަކޮށްގެން ކަމަށާއި ޝޯރޫމް ހުޅުވުމާއި ދިމާކޮށް ވަރަށް ގިނަ ގޭބީސީތަކަށް ހާއްސަ ވައުޗަރތަކެއް ބަހާފައިވާނެ ކަމަށެވެ. އަދި ޝޯރޫމް އިން ވެސް މިހާރު ހާއްސަ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ވާނީ ހުޅުމާލޭގެ ގިނަ ގޭބީސީތަކަށް ހާއްސަކޮށްގެން ވައުޗަރތަކެއް ވެސް ބަހާފައި. މިހާރު ވެސް ޑަސްބިންތަކަށް ހާއްސަކޮށްގެން ހިންގާ ޕްރޮމޯޝަނެއް ކުރިއަތް އެބަދޭ. މިވަގުތު ފިހާރައިން ހާއްސަ ޑިސްކައުންޓްތަކެއް ވެސް ލިބެމުންދާނެ، ބްލަންކް 2018 ވަނަ އަހަރު އަޅުގަނޑުމެން ފެށީ މުޅިން އައު ކޮންސެޕްޓެއްގެ މައްޗަށް. މިފަހަރު އަޅުގަނޑުމެން މި ބަލަނީ ސްޕެޝަރަލައިޒް ކުރެވޭތޯ. މިފަަހަރު ސެނިޓަރީވެއާ އާއި ހޯމް ރޭންޖްގެ ސާމާނުތަކަށް ހާއްސަކޮށްގެން މި ހުޅުވާލީ. މީގެ ލައިޓިންގ ޝޯރޫމެއް އަންނަ އަހަރު ހުޅުވަން އަޅުގަނޑުމެން މަސައްކަތް ކުރާނަން.
އައްބާސް މުހައްމަދު ވިދާޅުވިއެވެ.
ބްލަންކްގެ ދެވަނަ ޝޯރޫމް

ބްލަންކްއަކީ ފާޚާނާ އަށް ބޭނުންވާ ސާމާނާއި ބަދިގެ އަދި ގޭތެރެ ޑިޒައިން ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށްދޭ ބްރޭންޑެކެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ބްރޭންޑްތަކުގެ އިސްކުރާއި ޝަވަރާއި ފާޚާނާގެ ސާމާނާއި އެކި ޑިޒައިންތަކުގެ ލައިޓް ފަދަ އެތައް ޕްރޮޑަކްޓެއް އެ ޝޯރޫމުން ލިބެން ހުރެއެވެ.

އޭގެ ތެރޭގައި ވީއާރްއެޗް، މެޑްކާ، ޑަސް، ސްޓާ، ހޮއީ އަދި އޮސްލެޑާގެ އުފެއްދުންތައް ވެސް ހިމެނެއެވެ. ޝޯރޫމް ޑިޒައިން ކޮށްފައި ވަނީ ގެދޮރު ހެދުމަށާއި ގެސްޓް ހައުސް އަދި ރިސޯޓުތަކަށް ބޭނުންވާ ހުރިހާ ސާމާނެއް އެއް ފުރާޅެއްގެ ދަށުން ފަސޭހަ އިން ގަނެވޭ ގޮތަށެވެ.

ބްލަންކްގެ ދެވަނަ ޝޯރޫމް
- ކޮމެންޓް