Advertisement
ކ. މާލެ
|
1 ނޮވެންބަރ 2019 | ހުކުރު 00:32
އެމްޑީއެން ރިޕޯޓް މައްސަލައިގައި މާލޭގައި މުޒާހަރާ ކުރަނީ
އެމްޑީއެން ރިޕޯޓް މައްސަލައިގައި މާލޭގައި މުޒާހަރާ ކުރަނީ
ޙުސައިން މަޚްތޫމް
އެމްޑީއެން
އެމްޑީއެން ރިޕޯޓުގައި އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާތީ އެކަން ފުލުހުން ޔޫތް މިނިސްޓްރީއަށް ހުށަހަޅައިފި
ފުލުހުން ވަނީ އިނީޝިއަލް އެސެސްމެންޓެއް ހަދާފައި
އެމްޑީއެން މައްސަލައިގައި 115 ކައުންސިލަކުން ބަޔާން ނެރިފައިވޭ

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ފެންނަ ކަމަށާއި އެ މައްސަލަ ފުލުހުން ޔޫތު މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

ފުލުހުން ބުނީ އެމްޑީއެން އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓަށް ފުލުހުން އިނީޝިއަލް އެސެސްމެންޓެއް ހަދާފައިވާ ކަމަށެވެ.

Advertisement

އަދި އެ އެސެސްމެންޓު ހެދުމުން، އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނަށް ތައުހީނުކުރުމުގެ ގޮތުން ފާޑު ކިޔާފައިވާ ކަމަށާއި، އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ޔޫތް މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައި އެ ޖަމިއްޔާ އުވާލުމަށާއި، އެ ޖަމިއްޔާގެ މެންބަރުންނަށް ފިޔަވަޅު އަޅަން ގޮވާލާ މިހާތަނަށް 115 ކައުންސިލުން ވަނީ ބަޔާން ނެރެފައެވެ. މީގެ އިތުރުން ދީނީ އިލްމުވެރިންނާއި، އިދިކޮޅުން ވެސް ވަނީ އެ މައްސަލައިގައި ހިމެނޭ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް