Advertisement
ކ. މާލެ
|
30 އޮކްޓޯބަރ 2019 | ބުދަ 19:01
ގދ. ތިނަދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް
ގދ. ތިނަދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް
ރާއްޖެއެމްވީ
ފްލެޓް ދޫކުރުން
ތިނަދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ދޫކުރަން ފަށައިފި
105 ފަރާތަކަށް ވަނީ ފްލެޓް ހަވާލުކޮށްފައި
ތިނަދޫގައި އިމާރާތްކޮށްފައިވަނީ 120 ފްލެޓް

ގދ. ތިނަދޫގައި އިމާރާތްކުރަންފަށާފައިވާ ފްލެޓްތައް ދޫކުރަން ފަށައިފިއެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ މި މަޝްރޫޢަކީ 2014 ވަނަ އަހަރު ފެށި މަޝްރޫއެއް ކަމަށާއި ފްލެޓްގެ މަސައްކަތް ނިންމާ 2016 ވަނަ އަހަރު ޕްލެޓަށް އެދި ކުރިމަތި ލުމަށް ހުޅުވާޅި ފުރުސަތުގައި ފްލެޓަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތްތަކަށް ބުދަ ދުވަހު ފްލެޓް ދޫކުރަންފަށާފައިވާ ކަމަށެވެ.

ތިނަދޫގައި ގާއިމްކޮށްފައިވާ 120 ޕްލެޓްގެ ތެރެއިން ދޫކުރެވިފައިވަނީ 105 ފްލެޓް ކަމަށާއި ބާކީހުރި 15 ފްލެޓް ކުރިން ވިއްކާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް އެ ފްލެޓްތައް ވެސް ގުރުއަތުން ހޮވެ ފަރާތްތަކަށް ދިނުމަށް ސަރުކާރާއި މަޝްވަރާ ކުރައްވަމުންދާ ކަމަށް އަމްޖަދު ވިދާޅުވިއެވެ.

Advertisement

ބުދަ ދުވަހު ދޫކުރެވިފައިވާ ފްލެޓްތަކުގެ ތެރެއިން 80 ފްލެޓް ދޫކުރެވިފައިވަނީ ތިނަދޫ ރައްޔިތުންނަށް ކަމަށާއި ބާކީ 25 ފްލެޓް ދޫކުރެވިފައިވވަނީ ތިނަދޫގައި ދިރިއުޅޭ ރަށުން ބޭރުގެ ފަރާތްތަކަށްކަމަށް އަމްޖަދު ވިދާޅުވިއެވެ.

ރައްޔިތިންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބުދަ ދުވަހު ތިނަދުއަށް ކުރެއްވި ޒިޔާރަތުގައި ވަނީ ފްލެޓް ލިބުނު ބައެއް ފަރާތްތަކާއި ފްލެޓް ހަވާލުކުރައްވާފައެވެ.

ތިނަދޫގައި ފްލެޓް ދޫކުރުމުގައި ޕޮއިންޓް ދިނުމުގައި އިސްކަންދީފައިވާނީ ބޯހިޔާވެހިކަން ނެތް ފަރާތްތަކަށް ކަމަށާއި އާއިލާގައި ކުދިން ތބި އަދަދަށް ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް