Advertisement
ކ. މާލެ
|
30 އޮކްޓޯބަރ 2019 | ބުދަ 17:29
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގދ ތިނަދޫއަށް ފައިބާވަޑައިގަންނަވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގދ ތިނަދޫއަށް ފައިބާވަޑައިގަންނަވަނީ
ރައްޔިތުންގެ މަޖިލިސް
މަހާސިންތާ
ދެކުނުގެ މަހާސިންތާއަށް ރައީސް ނަޝީދު ދެކުނަށް
މަހާސިންތާ ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު
ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އައްޑޫ އަދި ފުވައްމުލަކަށް ވެސް ވަޑައިގަންނަވާނެ

ދެކުނުގެ އަތޮޅުތަކުގެ ކައުންސިލަރުންގެ މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކުނުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފި އެވެ.

އެގޮތުން ބުދަ ދުވަހު ރައީސް ނަޝީދު ވަނީ ގދ. ތިނަދޫއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ ތިނަދޫ ކައުންސިލާއި ބައްދަލު ކުރައްވާ ކައުންސިލަރުންގެ ހުރި ކަންބޮޑުބުންތައް އޮޅުންފިލުއްވާފައެވެ.

ބުދަ ދުވަހުގެ ރޭ ގއ. ވިލިނގިއްޔަށް ވަޑައިގަތުމަށްފަހު ބުރާސްފަތި ދުވަހު ހެނދުނު ވިލިނގިލީގައި ބޭއްވުމަށްހަމަޖެހިފައިވާ ދެކުނު އަތޮޅު ތަކުގެ ކައުންސިލަރުން ބައިވެރިވެ ވަޑައިގަންނަވާ ކައުންސިލަރުންގެ މަހާސިންތާ ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއްދުވަހަށް ކުރިއަށްދާ މި މަހާސިންތާގެ ބައެއް ސެޝަންތަކުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

މީގެ އިތުރުން ވިލިނގިލީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ފެނަކަ އައު އިމާރާތުގެ ބިންގާ އަޅައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ދެކުނަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
30 އޮކްޓޯބަރ 2019 | ބުދަ 20:21
ޔައުގޫބު
މަހާސިންތާ ކުރިޔަށްދާއިރު އަސްލަމު އަށް ކެމްޕޭން ކުރިޔަށް