ލޮނު ޒިޔާރަތް ކޮޅު ގައި ހަދަމުންދާ ޕާކުގެ މައްސަލާގައި ، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މާލޭ ސިޓީ ކައުންސިލަށް ވަދެފި އެވެ.
އޭސީސީން ބުނީ މާލޭ ސިޓީ ކައުންސިލަށް އޭސީސީން ބުދަ ދުވަހުގެ ހެނދުނު ވަނީ އެ މައްސަލަ ބެލުމަށްކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ. ފާހާނާ ބަރީގެ އިތުރުން ޕާކްގެ މަސައްކަތްތައް ކޮށްފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި އެ ޖަރީމާ ފޮރުވުމަށް ލިޔެކިޔުމަށް މިހާރު ބަދަލު ގެންނަމުންދާ ކަމަށް އެ ކައުންސިލްގެ ބައެއް މެމްބަރުން ބޭއްވެވި ނޫސްކޮންފަރެންސެއްގައި ވަނީ ވިދާޅުވެފަ އެވެ.
މާލޭ ސިޓީ ކައުންސިލުން މިކަން ކުރަމުން އަންނަނީ ބިޑަކާ ނުލައެވެ.