ކ. މާލެ
|
30 އޮކްޓޯބަރ 2019 | ބުދަ 04:26
އައްޑޫގައި މީގެކުރިން ހިނގި އެކްސިޑެންޓެއް
އައްޑޫގައި މީގެކުރިން ހިނގި އެކްސިޑެންޓެއް
ޓްވިޓަރ
އެކްސިޑެންޓް
އައްޑޫގައި ހިނގި އެކްސިޑެންޓްގައި އެކަކުގެ ނޭފަތް ފަޅައިގެން ގޮސްފި
މި އެކްސިޑެންޓްގައި ނޭފަތް ފަޅައިގެން ދިޔައީ އުމުރުން 24 އަހަރުގެ މީހަކަށް

އައްޑޫ ސިޓީގައި ހިނގި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އެކަކުގެ ނޭފަތް ފަޅައިގެން ގޮސްފިއެވެ.

ފުލުހުން ބުނީ، އައްޑޫ ސިޓީ މަރަދޫ ފޭދޫ ހުކުރު މިސްކިތް ކައިރީ ދެ ސައިކަލެއް ޖެހި އެކްސިޑެންޓްވި ކަމުގެ މައުލޫމާތު އަންގާރަ ދުވަހުގެ ރޭ 20:30 ގައި ލިބިފައިވާ ކަމަށާއި، އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 24 އަހަރުގެ މީހާގެ ނޭފަތް ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ނޭފަތް ފަޅައިގެން ދިޔަ ޒުވާނާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ. އަދި އޭނާ އަތުގައި އީ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

ނަމަވެސް ފުލުހުން ބުނީ، އަނެއް ސައިކަލު ދުއްވަން އިން 26 އަހަރުގެ މީހާ އަތުގައި ލައިސަންސް އޮންނަ ކަމަށެވެ. އެ ސައިކަލު ދުއްވަން އިން މީހާގެ އިތުރުން ސައިކަލު ފަހަތުގައި އިން މީހާއަށް އެކި ވަރުގެ އަނިޔާ ލިބުނެވެ.

މި އެކްސިޑެންޓްގައި ޖުމްލަ ތިން ޖުމްލަ އަނިޔާވިއިރު، ހުރިހާ އެންމެންވެސް ފުރަތަމަ ގެންދިޔައީ މަރަދޫ ސިއްހީ މަރުކަޒަށެވެ. އެއަށްފަހު ނޭފަތް ފަޅައިގެންދިޔަ ޒުވާނާ ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

- ކޮމެންޓް