ކ. މާލެ
|
29 އޮކްޓޯބަރ 2019 | އަންގާރަ 00:08
އަލްބާޓޯ ފަނާންޑޭޒް އާއި ކްރިސްޓީނާ ފަނާންޑޭޒް
އަލްބާޓޯ ފަނާންޑޭޒް އާއި ކްރިސްޓީނާ ފަނާންޑޭޒް
ގޫގުލް
އާޖެންޓީނާ
އާޖެންޓީނާގެ ރައީސް ކަމަށް އަލްބާޓޯ ފަނާންޑޭޒް!
އަލްބާޓޯ ފަނާންޑެޒް ހުވާ ކުރައްވާނީ ޑިސެމްބަރު 10 ގައި
ފަނާންޑޭޒް ކުރި ހޯދެއްވީ އާޖެންޓީނާގެ ރައީސް މަކްރީގެ މައްޗަށް

އާޖެންޓީނާގެ ރައީސް ކަމަށް އަލްބާޓޯ ފަނާންޑޭޒް އިންތިހާބުވެއްޖެ އެވެ.

އާދިއްތަ ދުވަހު އާޖެންޓިނާގައި ބޭއްވި އިންތިހާބުގައި އެ ގައުމުގެ ވެރިކަމުގައި ހުންނެވި ރައީސް މައުރީސިއޯ މަކްރީގެ މައްޗަށް ފަނާންޑޭޒް ވަނީ ކުރި ހޯދައްވާފައެވެ.

އެ އިންތިހާބުގައި ރައީސްގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް ވަނީ އިންތިހާބުކޮށްފައެވެ.

އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގައި 90 އިންސައްތަ ވޯޓު ގުނާފައިވާއިރު ފެނާންޑޭޒް އަށް 47 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވިއެވެ. އަދި މަކްރީއަށް ލިބިވަޑައިގެންނެވީ 40 އިންސައްތަ ވޯޓެވެ.

އަލްބާޓޯ ފަނާންޑޭޒްގެ ރަނިންމޭޓަކީ ކްރިސްޓީނާ ފެނާންޑޭޒް އެވެ. ކްރިސްޓީނާ އަކީ 2007 އަކުން ފެށިގެން 2015 ވަނަ އަހަރާއި ހަމަޔަށް އާޖެންޓީނާގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އެދެބޭފުޅުންގެ އާއިލީ ގުޅުމެއް ނެތް ނަމަވެސް އަލްބާޓޯ ފަނާންޑޭޒް ވަނީ ކްރިސްޓީނާގެ ވެރިކަމުގައި ޗީފް އޮތް ސްޓާފްގެ މަގާމް ފުރުއްވާފައެވެ.

އަލްބާޓޯ ފަނާންޑޭޒް ހުވާ ކުރައްވާނީ އަންނަ ޑިސެމްބަރު މަހުގެ ދިހަ ވަނަ ދުވަހުއެވެ.

އައިއެމްއެފްގެ ލޯނު ހޯދަން އާޖެންޓީނާއިން ހެދި އެއްބަސްވުމަށް އިހުތިރާމްކުރައްވައި ގައުމުގެ އިގްތިސާދު ވަރުގދަކޮށް، ވަޒީފާ އަދާ ކުރާ މީހުންގެ އުޖޫރަ އާއި ޕެންޝަން އިތުރު ކުރައްވާނެ ކަމަށް އަލްބަޓޯ ފެނާންޑޭޒް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް