Advertisement
ކ. މާލެ
|
28 އޮކްޓޯބަރ 2019 | ހޯމަ 23:33
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ޓްރާންސްޕޯޓުން މުވައްޒަފުން ވަކިކުރާ މައްސަލަ
ޓްރާންސްޕޯޓުން މުވައްޒަފުން ވަކިކުރާ މައްސަލައިގައި ބޭއްވި ކޮމިޓީ ސިއްރުކޮށްފި
ކޮމިޓީ ސިއްރުކުރީ މުވައްޒަފުންގެ ޒާތީ މައުލޫމާތު ހާމަނުކުރުމަށް
ގަވައިދާ ހިލާފަށް އެއްވެސް މުވައްޒަފަކު ވަކިކޮށްފައި ނުވާނެ ކަމަށް ޓްރާންސްޕޯޓުން ބުނޭ
މި މައްސަލައިގައި ވަކިކުރަން ސިޓީ ދީފައިވާ މުވައްޒަފުންނާ ވެސް ކޮމިޓީން ވަނީ ބައްދަލުކޮށްފައި

ޓްރާންސްޕޯޓް އޮތޯރިޓީން މުވައްޒަފުން ވަކިކުރަން ސިޓީ ފޮނުވާފައިވާ މައްސަލައާއި ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުންނާއި އެ އޮތޯރިޓީގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.

ހޯމަ ދުވަހު އޮތް ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ސިއްރުކުރަން އެދިލެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަބްދުﷲ ފައްޔާޒް އެވެ. ކޮމިޓީ ސިއްރުކުރަން އެދުނީ، އެ މައްސަލައިގައި ހިމެނޭ މުވައްޒަފުންގެ ޒާތީ މައުލޫމާތު ކޮމިޓީގައި ހިއްސާކުރަން ޖެހުމާއި އެކު، މީޑިއާގައި އެ މައުލޫމާތުތައް ހިއްސާކުރުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށް ނުފެންނާތީ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް މިހެން އެދިލެއްވުމާ އެކު، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވަނީ އެދިވަޑައިގެންނެވި ގޮތަށް ކޮމިޓި ސިއްރުކުރުމަށް ހުށައަޅާފައެވެ. އަދި ކޮމިޓީ ސިއްރުކުރުމަށް އެ ވަގުތު ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

Advertisement

ކޮމިޓީ ސިއްރުކުރުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި ފައްޔާޒް ވިދާޅުވީ، އެއްވެސް މުވައްޒަފަކު ގަވައިދާ ހިލާފަށް ވަކިކޮށްފައި ނުވާނެ ކަމަށާއި، ހުރިހާ މުވައްޒަފުންނަށް ވެސް ނޯޓިސް ދީފައިވަނީ ސިވިލް ސަރވިސްގެ ގަވައިދުގެ ތެރެއިން ކަމަށެވެ.

ވަޒީފާއިން ވަކިކުރަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލައާއި ގުޅިގެން، އެ ކޮމިޓީގެ މެމްބަރުން ވަނީ އެ މައްސަލައިގައި ހިމެނޭ 11 މުވައްޒަފުންނާ ވެސް ބައްދަލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް