Advertisement
ކ. މާލެ
|
28 އޮކްޓޯބަރ 2019 | ހޯމަ 12:35
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ބަޖެޓު 2020
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް 39.6 ބިލިއަން ރުފިޔާ!
ބަޖެޓް މަޖިލީހަށް ހުށަހަޅާނީ އަންނަ ބުރާސްފަތި ދުވަހު
ބަޖެޓުގެ ހުންނާނެކަމަށް އަންދާޒާކުރެވެނީ 39552.7 މިލިއަން ރުފިޔާގައި
ބަޖެޓް ޑެފިސިޓް ނުވަތަ ދަރަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ އަންދާޒާ ކުރެވޭ

2020 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް 39.6 ބިލިއަން ރުފިޔާ އަރާނެ ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާއްމު ކުރި ފިސްކަލް އެންޑް ޑެޓް ސްޓްރެޓެޖީ ރިޕޯޓުގައި ވަނީ 2020 ވަނަ އަހަރުގެ ޖުމުލަ ބަޖެޓުގެ ހުންނާނެކަމަށް އަންދާޒާކުރެވެނީ 39552.7 މިލިއަން ރުފިޔާގައި ކަމަށެވެ.

އަދި ޚަރަދު ހުންނާނެކަމަށް ލަފާކުރެވެނީ 37040 މިލިއަން ރުފިޔާ ކަމަށެވެ. ރިޕޯޓުގައި ވާގޮތުން 2022 ވަނަ އަހަރު ސޮވްރިން ބޮންޑް އަނބުރާ ދައްކަންޖެހުމާއެކު އެ އަހަރުގެ ޖުމުލަ ބަޖެޓު އިތުރުވެފައިވީ ނަމަވެސް، ނިއު ޕޮލިސީ އިނީޝިއޭޓިވްސްއަށް ހިނގާނެ ޚަރަދު ދަށްކުރަމުން ދިއުމާ ގުޅިގެން ދައުލަތުގެ ޚަރަދު 2020 އާ އެއް މިންގަނޑެއްގައި ހިފެހެއްޓޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ބަޖެޓް ޑެފިސިޓް ނުވަތަ ދަރަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ އަންދާޒާ ކުރެވޭއިރު ޢާމްދަނީއާއި ހިލޭ އެހީގެ ގޮތުގައިި 30.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

Advertisement

2020 ވަނަ އަހަރު ދައުލަތުގެ ބޭސްލައިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 20 ބިލިއަން ރުފިޔާ ހޭދަ ވާނެ ކަމަށް ފިނޭންސްއިން ވަނީ ލަފާކޮށްފައެވެ. އަދި ބޭސްލައިން ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަވާނެކަމަށް ބަލާފައިވަނީ 11 ބިލިއަން ރުފިޔާއެވެ.

ބަޖެޓް މަޖިލީހަށް ހުށަހަޅާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

2019 އަހަރުގެ ދައުލަތުގެ ބަޖެޓަކީ 30 ބިލިއަން ރުފިޔާއެވެ. އެހެންނަމަވެސް ފަހުން 1.7 ބިލިއަން ރުފިޔާ އިތުރުކޮށްދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް