Advertisement
ކ. މާލެ
|
28 އޮކްޓޯބަރ 2019 | ހޯމަ 13:35
ރައްޔިތުންގެ މަޖިލިސް 2019
ރައްޔިތުންގެ މަޖިލިސް 2019
ރައީސް އޮފީސް
މަޖިލިސް 2019
އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނަަށް އިސްލާހު ގެނައުމުގެ ބިލް ބަލައިގެންފި
ބިލް އިތުރަށް ދިރާސާކުރުމަށް ވަނީ ލާމަރުކަޒީ ކޮމެޓީއަށް ފޮނުވާލާފަ
މި ބިލްގެ ފުރަތަމަ ކިއުން އިއްވާފައިވަނީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު

އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ޤާނޫނަަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

މި ބިލު މަޖިލީހުން ބަލައިގެންފައިވަނީ 82 މެމްބަރުންގެ ވޯޓުންނެވެ. ބިލު އިތުރަށް ދިރާސާކުރުމަށް ވަނީ ލާމަރުކަޒީ ކޮމެޓީއަށް ފޮނުވާލާފައެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވީ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒްއެވެ. މި ބިލުގެ ފުރަތަމަ ކިއުން އިއްވާފައިވަނީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

Advertisement

ބިލު ހުށަހެޅުމުގެ ބޭނުމަކީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވޭތުވެ ދިޔަ މުއްދަތުގައި ކައުންސިލްތަކުގެ ކިބައިން ވަކި ކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިޔާދަކޮށްދިނުމެވެ. އަދި ޤާނޫނު އަސާސީން ކަނޑައަޅާފައިވާ ލާމަރުކަޒީ ނިޒާމާއި އެއްގޮތް ވާގޮތުގެ މަތިން ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާއެކު ކައުންސިލްތަކުގެ ކަންތައްތައް ހިންގުމަށް މަގުފަހިކޮށްދީ ކައުންސިލްތައް އަލުން ފުރިހަމަޔަށް ބާރުވެރިކުރުވުމަށްޓަކައި ގެނެވޭ އިޞްލާޙެކެވެ.

ބިލު ހުށަހަޅުއްވަމުން މެމްބަރު ނިޔާޒް ވިދާޅުވީ 2017 ވަނަ އަހަރު އެމްޑީޕީގެ ފަރާތުން ކައުންސިލްތަކުގެ އިންތިޚާބަށް ނުކުތީ ރާއްޖެ ލާމަރުކަޒީ ކުރުމުގެ ޝިއާރުގެ ދަށުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް