Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2019 | އާދީއްތަ 23:00
ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން
ވަން އޮންލައިން
މޯލްޑިވްސް ޕޮލިސް ސާވީސް
ގޮވާ އެއްޗެހި ތައްޔާރުކުރާކަމުގެ މައުލޫމާތާއެކު ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުޤީޤްކުރަމުން އަންނަ ކަމަށް
އެމައްސަލާގައި ހިމެނެނީ 15 އަހަރުން ދަށުގެ ކުދިން ތަކެއް
އެއްވެސް މީހަކު ހައްޔަރެއްނުކުރޭ

ސްކޫލެއްގެ ލެބޯރެޓްރީއަކުން ކެމިކަލްތަކެއް ވަގަށް ނަގައިގެން ގޮވާ އެއްޗެއް ތައްޔާރުކުރަން އުޅުނުކަމުގެ މައުލޫމަތު ލިބިގެން ފުލުހުން މާލެގެ ބައެއް ތަންތަން ބަލާ ފާސްކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ، އެމައްސަލާގައި ހިމެނެނީ 15 އަހަރުން ދަށުގެ ކުދިން ތަކެއް ކަމަށްށެވެ. އެ މައްސަލާގައި ބައެއް ތަންތަން ބަލާ ފާސްކުރަމުން އަންނަ ކަމަށާއި، މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވަގަށް ނަގާފައިވާ ކެމިކަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުޤީޤްކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

Advertisement

މާލޭގެ ބައެއް ތަންތަން ބަލާ ފާސްކުރަމުންދާކަމަށް ފުލުހުން ބުނި ނަމަވެސް، ބަލާ ފާސްކުރަމުން އަންނަނީ ކޮން ތަންތަނެއްކަމަށް ފުލުހުން ހާމައެއް ނުކުރެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް