Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2019 | އާދީއްތަ 13:38
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ރައީސް ނަޝީދު
ހިޔާނާތުގައި ހިމެނޭ މެމްބަރުންގެ މައުލޫމާތު ހިއްސާކުރުމަށް ނަޝީދު އެދިވަޑައިގެންފި
އެހެން އެދިވަޑައިގެންނެވީ އާދިއްތަ ދުވަހު
އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި މިހާރު ހިނގަމުންދާ މަޖިލީހުގެ 16 މެމްބަރަކު ހިމެނޭ

ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ޚިޔާނަތްވެރިވި ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައުލޫމާތު ހިއްސާކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިކަމަށް އެދި ވަޑައިގެންނެވިކަން ހާމަކޮށްފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ހިޔާނަތްވެރިވި ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ފައިސާގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރުންނާއި މިހާރު ހިނގަމުންދާ 19 މަޖިލީހުގެ 16 މެމްބަރަކު ހިމެނޭކަން ވަނީ ހާމަވެގެން ގޮސްފައެވެ.

އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްކޮންފަރެންސް ގައި މަޖިލީހުގެ އަމީންއަންމު ފާތިމަތު ނިއުޝާ ވިދާޅުވީ، ހިޔާނާތުގެ ފައިސާ ހިފި ކަމަށް ތުހުމަތު ކުރެވޭ މަޖިލީހުގެ މެމްބަރުންގެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ.

ހިޔާނާތުގެ ފައިސާގައި މަޖިލީސް މެމްބަރުންގެ އިތުރުން މަޖިލީސް ތަކުގެ ޕްރައިމަރީތަކަށް ވަނީ އެ ފައިސާ ބޭނުންކޮށްފައެވެ. 18 ވަނަ މަޖިލީސް އިންތިހާބާއި ގުޅިގެން ޕާޓީތަކުން ބޭއްވި ޕްރައިމަރީތަކަށް ނުފޫޒު ފޯރުވުމަށް އެމްއެމްޕީއާރުސީގެ ފައިސާ ބޭނުންކޮށްފައިވާކަމަށް އެސިސްޓެންސް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވަނީ ވިދާޅުވެފައެވެ. އަދި އެއަށްފަހު މަޖިލީސް އިންތިހާބު ކާމިޔާބުކުރުމަށްވެސް އެ ފައިސާ ބޭނުންކޮށްފައިވާކަމަށާއި، މެމްބަރުން ޕާޓީ ބަދަލުކުރީވެސް ހިޔާނާތުގެ ފައިސާގެ ތެރެއިންކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި:

· 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރުން

Advertisement

· 19 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 16 މެމްބަރުން

· މިނިވަން މުއައްސަސާތަކުގައި ތިއްބެވި 5 މެމްބަރުން

· ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ތިއްބެވި 7 ފަރާތެއް

· ކޯޓުތަކުގައި ފަނޑިޔާރުކަން ކުރައްވާ 6 ފަނޑިޔާރެއް

· ކުރީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި 23 ފަރާތެއް

· ސަލާމަތީ ހިދުމަތްތަކުގެ ތެރެއިން 7 އޮފިސަރެއް

މަޖިލީހުގެ އަމީން އާންމު ވިދާޅުވީ 19 ވަނަ މަޖިލީހަކީ ނަޒާހާތްތެރި މަޖިލިހެއް ކަމަށާއި، އެގޮތުން މަޖިލީހުގެ ނަޒާހާތްތެރިކަން ދެމެހެއްޓުމަށްޓަކައި މަޖިލީހުންގެ މެމްބަރުންނާއި މަޖިލީހުގެ އިދާރާއިން ގަދައަޅާ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް