ކ. މާލެ
|
26 އޮކްޓޯބަރ 2019 | ހޮނިހިރު 19:04
ރައީސް ނަޝީދު އަދާލަތުގެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއެކު
ރައީސް ނަޝީދު އަދާލަތުގެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއެކު
މުހައްމަދު ޝަރުހާން
ރައީސް ނަޝީދު
ސަރުކާރުގެ ދީނީ ސިޔާސަތު ކުރިއަށްގެންދާނީ އަދާލަތުންކަމަށް ގަބޫލުކުރިން: ރައީސް ނަޝީދު
ޕީޕީއެމްގެ ސިޔާސީ ޝިޔާރެއް ބޭނުންކުރާކަށް ނުޖެހޭ ކަމަށް ވިދާޅުވި
ކޯލިޝަން ސަރުކާގައި ހިމެނޭ ތިން ޕާޓީ އަކީ އެމްޑީޕީ، އަދާލަތު އަދި ރައީސް މައުމޫންގެ އެމްއާރްއެމާއި މަހުޖަނު ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ
އިދިކޮޅަށް ހިތްވަރު ލިބޭނެ ހިޔާލު ފާޅުނުކުރަން އެމްޑީޕީން ވަނީ ބުރާސްފަތި ދުވަހު އިލްތިމާސްކޮށްފަ

މި ސަރުކާރުގެ ދީނީ ސިޔާސަތުތައް ކުރިޔަށް ގެންދަނީ ކޯލިޝަންގައި ހިމެނޭ އަދާލަތުގެ ޕާޓީގެ ހުށައެޅުމާއި އެއްގޮތަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީން 2018 ވަނަ އަހަރުގެ އިންތިހާބަށް ނިކުތީ އެހެން ތިން ބަޔަކާއި އެކު އެއްބައިވަންތަ ސަރުކާރެއް އުފެއްދުމަށް ކަމަށެވެ. ކޯލިޝަން ސަރުކާގައި ހިމެނޭ ތިން ޕާޓީ އަކީ އެމްޑީޕީ، އަދާލަތު އަދި ރައީސް މައުމޫންގެ އެމްއާރްއެމާއި މަހުޖަނު ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ އެއްބައިވަންތަ ސަރުކާރުގެ ދީނީ ކަންކަން ގެންދާނެ ގޮތަކީ އަދާލަތު ޕާޓީގެ ހުށައެޅުންކަމަށް އެމްޑީޕީން ގަބޫލުކުރި ކަމަށެވެ. އޭގައި ޕީޕީއެމްގެ ސިޔާސީ ޝިޔާރެއް ނުވަތަ 2015 ވަނަ އަހަރު ނެރުނު ރިޕޯޓް އަކަށް އަމަލު ކުރަން ޖެހޭކަމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބެލޭގޮތުގައި ރައީސް ނަޝީދު އިޝާރާތްކޮށްފައިވަނީ އެމްއެންޑީއެނުން ނެރުނު ރިޕޯޓަށެވެ.

ނިމިދިޔަ ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޕޯޓް ބޭނުންކުރަމުން އަންނަނީ ސަރުކާރަށް ހަމަލާދޭނެ ހަތިޔާރެއްގެ ގޮތުގައިކަމަށެވެ. އަދި އެ ރިޕޯޓް ލިޔުނު މީހުން ''މަރަން'' ބައެއް ފަރާތްތަކުން އަޑު އުފުލަމުންދާއިރު އެހެން ގޮވަމުންދާ މީހުންނާއި މެދު ފިޔަވަޅު ނޭޅޭތީވެ އެމަނިކުފާނު ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައީސް ނަޝީދުގެ ފާދުކިޔުންތައް އަދާލަތު ޕާޓީއަށް އަމާޒުވެފައިވާއިރު، އެމްޑީޕީން ހުކުރު ދުވަހުކުރި އިއުލާނެއްގައި ވަނީ އެމްޑީޕީ އާއި ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިޔާރުތައް އެމްޑީޕީގެ އެއްވެސް މަޖިލިސް މެމްބަރެއްވެސް، ކައުންސިލަރެއްވެސް، އެމްޑީޕީގެ އެއްވެސް ޤައުމީ މަޖިލިސް މެމްބަރަކުވެސް އަދި އާއްމު މެމްބަރަކުވެސް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

- ކޮމެންޓް