Advertisement
ކ. މާލެ
|
26 އޮކްޓޯބަރ 2019 | ހޮނިހިރު 17:54
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުންތަކެއް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުންތަކެއް
ސަން އޮންލައިން
ޓީޗަރުން
ބިދޭސީ ޓީޗަރުން ގެނައުމަށް ބޭރުގެ އެޖެންސީތާކަށް ފުރުސަތު ދޭތީވެ ކަންބޮޑުވުން ފާޅުކޮށްފި
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ދިނުމަށް ވަނީ ގޮވާލާފައި
ހަމައެކަނި ދިވެހި އެޖެންސީތަކަށް ފުރުސަތު ދިނުމަށް ވަނީ އެދިފައި

ސަރުކާރުގެ ސްކޫލްތަކަށް އަންނަ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ގެނައުމަށް ބޭރުގެ ކުންފުނިތަކަށް ފުރުސަތުދޭތީވޭ މޯލްޑިވްސް އެސޯޝިއޭޝަން ފޯރ އެމްޕްލޯއިމެންޓް އެޖެންސީސް (އެމްއެއީއީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Advertisement

އެމްޕްލޯއިމްނެޓް އެޖެންސީސް އިން ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނެއްގައި ބުނީ، ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުން ގެނައުމުގެ މަސައްކަތް 2009 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރަމުން އައީ އެކަމަށްޓަކައި، އެ މިނިސްޓްރީ ބީލަން އުސޫލުން ކުރައްވާ އިއުލާނުކަށް އިޖާބަދޭ ދިވެހި އޭޖެންސީތަކުގެ ތެރެއިން، އެ މިނިސްޓްރީއިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ހޮވޭ ދިވެހި އޭޖެންސީތަށް މެދުވެރިކޮށް ކަމަށެވެ. އެކަން ކަނޑައަޅާފައިވާ އޮއްވާ ސަރުކާރު ސްކޫލްތަކަށް އަންނަ އަހަރަށްބޭނުންވާ ބިދޭސީ ޓީޗަރުން ގެނެސްދިނުމަށް ބީލަން އުސޫލުން ދެ އެޖެންސީއެއް ހޯދުމަށް، އެޑިއުކޭޝަންގެ މި މަހުގެ 15 ވަނަ ދުވަހު ގެޒެޓްގައި އިއުލާނުގައި ބީލަމުގައި ރާއްޖެއިން ބޭރުގެ އޭޖެންސީތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހަމަޖައްސަވާފައިވާތީ، އެ އެސޯސިއޭޝަނުގެ ފަރާތުން އެކަމާއި ކަންބޮޑުވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ޓެކްނިކަލް ބޭފުޅުންނާއެކު 21 އޮކްޓޯބަރ 2019 ވަނަ ދުވާހު ބޭއްވުނު ބައްދަލުވުމުގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އައިޝަތު އަލީގެ ބަސްފުޅާ ޚިލާފަށް، ބިދޭސީ ޓީޗަރުން ގެނައުމުގެ މަސައްކަތްކުރުމަށް މިހާރު ރޭވިފައިވާގޮތްނޫން އެހެންގޮތަކަށް އެ މަސައްކަތް ކުރެވޭނެ އެއްވެސް ޖާގައެއްނެތްކަމަށް، މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުން ވިދާޅުވެ، އެ ބައްދަލުވުން ނަތީޖާއެއް ނުނެރެވި، މާޔޫސްވެގެން ނިންމާލަން ޖެހުމަކީ މި އެސޯސިއޭޝަނުން ނުހަނު ހިތާމަކުރާކަމެއް.
މޯލްޑިވްސް އެސޯޝިއޭޝަން ފޯރ އެމްޕްލޯއިމެންޓް އެޖެންސީސް ނެރެފައިވާ ބަޔާން

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތަށް އިހުތިރާމްކުރުމަށާއި، ދިވެހި ކުންފުނިތަކަށް އިސްކަން ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމާއެކު، ސްކޫލްތަކަށް ބިދޭސީ ޓީޗަރުން ގެނައުމުގެ މަސައްކަތް އެއީ ހަމައެކަނި ދިވެހި އެޖެންސީތަކަށް ވާދަކުރެވޭ މަސައްކަތެއްގެ ގޮތުގައި ހަމަޖައްސަވައި ދިނުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް