Advertisement
ކ. މާލެ
|
26 އޮކްޓޯބަރ 2019 | ހޮނިހިރު 13:32
ބުރިޖުގެ މަތިން ބަހެއް ދަތުރުކުރަނީ
ބުރިޖުގެ މަތިން ބަހެއް ދަތުރުކުރަނީ
އަޝްވާ ފަހީމް
އެމްޕީއެލް
އަންނަ މަހު ބަސްކާޑު ބޭނުންކޮށްގެންނޫނީ ބަސްދަތުރު ނުކުރެވޭނެ: އެމްޕީއެލް
އަންނަ މަހު 01 ފެށިގެން ޓިކެޓް ވިއްކުން ހުއްޓާލާނެ
އެމްޕީއެލްގެ ބަހުގެ ދަތުރަކަށް ނަގަނީ 10 ރުފިޔާ

އަންނަ މަހުގެ 01 އަކުން ފެށިގެން މާލެ ޞަރަޙައްދުގައި ބަސް ދަތުރުކުރެވޭނީ އެކަމަށް ޚާއްޞަ ކާޑު ބޭނުންކޮށްގެން އެކަނި ކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލުން) ބުނެފިއެވެ.

އެމްޕީއެލުން ނެރުނު ނޫސްބަޔާނުގައި ބުނީ ގްރޭޓަރ މާލެ ޓްރާންސްޕޯޓު ލިންކުން ފޯރުކޮށްދެމުންދާ ބަސް ޚިދުމަތުގައި ކަސްޓަމަރުން ދަތުރުކުރުމަށް ބޭނުންކުރާ ޓިކެޓް ވިއްކުން 1 ނޮވެންބަރު އިން ފެށިގެން ހުއްޓާލާނެ ކަމަށެވެ. އަދި 01 ނޮވެންބަރު ފެށިގެން ދަތުރުކުރެވޭނީ ބަސްކާޑު ބޭނުންކޮށްގެން އެކަނި ކަމަށް އެމްޕީއެލުން ބުނެއެވެ.

Advertisement

އެމްޕީއެލްގެ ބަހުގައި މާލެ-ހުޅުމާލެ އަދި މާލެ-ހުޅުލެ އާއި ދެމެދު ކުރާ ދަތުރުތަކަށް ނަގަނީ 10 ރުފިޔާ އެވެ. މާލެ-ހުޅުމާލެ ބަސް ދަތުރުގެ ޚިދުމަތުގެ އިތުރުން މާލޭގައި މިނީ ބަހުގެ ޚިދުމަތް ތަޢާރަފްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
26 އޮކްޓޯބަރ 2019 | ހޮނިހިރު 14:15
އުމަރޭ
މިއީ ދެން ގޮތެއް ނޫން ދޯ. ބޭސްފަރުވާއަށް ވެސް އެތައް ދިވެހިން ކުޑަ ދުވަސް ކޮޅަކަށް މާލެ ސަރަހައްދަށް އައިސް އުޅެ. އެފަދަ ބަޔަކަށް ހާދަ ދަތިތައް ދިމާވާނޭ މިހެން ހެދީމަ