Advertisement
ކ. މާލެ
|
26 އޮކްޓޯބަރ 2019 | ހޮނިހިރު 09:41
އެމްއެންޑީއެފް ކޯސްޓްގާޑް
އެމްއެންޑީއެފް ކޯސްޓްގާޑް
އެމްއެންޑީއެފް
ކަނޑުމަތީ ހާދިސާ
މަސްވެރި އުޅަނދަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
ލޯންޗްގައި ތިބީ 4 މީހުން
ލޯންޗް ހުއްޓިފައިވަނީ ތެޔޮ ހުސްވެގެން
ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ ދަންވަރު 1:08 ގައި

މަސްވެރިކަމަށް ނުކުމެއުޅެނިކޮށް ތެޔޮ ހުސްވެގެން ކަނޑުމައްޗަށް ހުއްޓުނު ލޯންޗަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން އެހީތެރިވީ، 4 މީހުންނާއެކު ގދ. ތިނަދުއިން ފުރައިގެން މަސްވެރިކަމަށް ނިކުތް "ބްލޫ ވޭލް" ނަމަކަށް ކިޔާ 36 ފޫޓުގެ ލޯންޗެކެވެ. ގދ ކާޑެއްދޫ ގެ ހުޅަނގުން 12 ނޯޓިކަލް މޭލު ބޭރުން، ތެޔޮ ހުސްވެ އިންޖީން ހުއްޓިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ލޯންޗްގައި ހުއްޓުނު އިރު ތިބީ 3 ދިވެހިންނާއި ބިދޭސީންގެ އެކަކު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

ރޭ މެންދަމު 1:08 ގައި ޙާދިސާގެ ރިޕޯޓު ލިބުމާއިއެކު، ލޯންޗްގެ ވެރި ފަރާތުން ތެޔޮ ހަމަޖައްސައި އެމްއެންޑީއެފުން ވަނީ ހުއްޓުނު ލޯންޗަށް ތެޔޮ ފޯރުކޮށްދީފައެވެ. "ބްލޫ ވޭލް" ލޯންޗް ކަނޑުމަތީގައި ހުއްޓިފައި 4 ވަރަކަށް ގަޑި އިރު އޮތް އިރު އެމްއެންޑީއެފުން ބުނެފައިވަނީ މިހާރު އެ ފަރާތްތަކުން ތިނަދުއަށް ގޮސްފައިވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް