Advertisement
ކ. މާލެ
|
26 އޮކްޓޯބަރ 2019 | ހޮނިހިރު 07:45
ބައްދަލުކުރުމުގެ ތެރެއިން
ބައްދަލުކުރުމުގެ ތެރެއިން
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
މިނިސްޓްރީ އޮފް އާރްޓްސް ކަލްޗަރ އެންޑް ހެރިޓޭޖް
ސީޝެލްސްއާއި ރާއްޖެއާއި ދެޤައުމުގެ ކަލްޗަރ މިނިސްޓަރުން ބައްދަލުކުރައްވައިފި
މި ބައްދަލު ކުރެއްވުން ބާއްވާފައިވަނީ ހުކުރު ދުވަހު

މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން، ސީޝެލްސްގެ ޑެސިގްނޭޓެޑް މިނިސްޓަރ އަދި މިނިސްޓަރ ފޮރ ޔޫތު ސްޕޯޓްސް އެންޑް ކަލްޗަރ މެކްސުޒީ މޮންޑޮން އާއި ބައްދަލުކުރައްވައިފިއެވެ.

ހުކުރު ދުވަހު ބޭއްވި މިބައްދަލުވުމުގައި މިނިސްޓަރ ޔުމްނާގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

މި ބައްދަލު ކުރުމުގައި ވަނީ ފަންނާއި ޘަގާފަތާއި ތަރިކައިގެ ދާއިރާއިން ދެޤައުމުގެ ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

Advertisement

ހުކުރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ސީޝެސްލްސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 34 ވަނަ ކްރިއޯލް ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އާއި މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގެ ޘަޤާފީ ކުޅިވަރު ގްރޫޕް ބިދަބިން ވަނީ މި ފެސްޓިވަލްގައި ބޮޑުބެރުގެ ހުށަހެޅުންތަކެއް ހުށަހަޅައިދީފައެވެ. ފެސްޓިވަލްގެ ބައިވެރިންގެ ފަރާތުން، ދިވެހިންގެ ހުށަހެޅުމަށް ހޫނު ތަރުހީބެއް ލިބުނުކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް