ކަނޑުމަތީގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަލްޝާލީމެރިންއާ މެރިން އިކްވިޕްމެންޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ތިން ދުވަހުގެ މުއްދަތަކަށް ދަރުބާރުގޭގައި ކުރިއަށްދިޔަ މޯލްޑިވްސް މެރިން އެކްސްޕޯގައި ހުކުރު ދުވަހުގެރޭ މި އެއްބަސްވުމުގައި އަލްޝާލީ މެރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކޯޕަރޭޓް މެނޭޖަރ އިސްމާއިލް ޝަރީފެވެ. އަދި މެރިން އިކްވިޕްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަހުމަދު އަޒްމީލެވެ.
އަލްޝާލީ މެރިންގެ ކޯޕަރޭޓް މެނޭޖަރ އިސްމާއިލް ޝަރީފް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެ ދެކުންފުނިން ނިންމާފައިވަނީ ކަނޑުމަތީގައި ދިމާވާ މައްސަލަތައް ދިމާވުން ކުޑަކުރުމަށްޓަކައި އިކްވިޕްމަންޓްސް ވިއްކާ ފަރާތާއި ބިލްޑަރުންނާއި ގުޅިގެން ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލާ އެ ކަންކަން ހައްލުކުރުން ކަމަށެވެ.
އެކަންތައްތައްކަށް އަލިއަޅުވާލާ ކުރިއަށް އޮތްތަނުގައި ބޯޓް ސޭފްޓީ ކަންތައްތައް ބޮޑަށް ރާވައި، ބޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރެވޭނެ ކަންތައްތައް ހަރުދަނާކުރުންއަލްޝާލީ މެރިންގެ ކޯޕަރޭޓް މެނޭޖަރ އިސްމާއިލް ޝަރީފް
މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ދިވެހި ރައްޔިތުން ހާއްސަކޮށް ބޯޓުގައި ދަތުރުކުރާ ފަރާތްތައް ސަލާމަތާ ރައްކާތެރިކަމަށްޓަކައި މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކުރެވި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅު ތަކަކީ ކޮބައިތޯ ބަލާ ސޭފްޓީގެ ގޮތުން ރަނގަޅު ކަންތައްތަކެއް ކުރެވިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.