Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2019 | ހުކުރު 22:46
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ހޯމް މިނިސްޓްރީ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ރައްޔިތުންނަށް އަނިޔާއެއް ނުކުރާނެ، ގާނޫނު ތަންފީޒު ކުރާނެ: ހޯމް މިނިސްޓަރު
އެމްޑީއެންގެ މައްސަލާގައި ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތައް ވަނީ ގިނަވެފައި

މި ސަރުކާރުން ރައްޔިތުންނަށް އަނިޔާއެއް ނުކުރާނެ ކަމަށާއި، ގާނޫނު ތަންފީޒު ކުރަން ފަހަތަށް ނުޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން އެހެން ވިދާޅުވީ، ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައެވެ. ހޯމް މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް އަނިޔާއެއް ނުކުރާނެ ކަމަށެވެ. އެހެން ނަމަވެސް ގާނޫނު ތަންފީޒުކުރުމަށް ފަހަތަށް ނުޖެހޭނެކަމަށް ވިދާޅުވިއެވެ.

Advertisement

ސަރުކާރުން ރައްޔިތުންނަށް އަނިޔާނުކުރާނެ ކަމަށް އިމްރާން ވިދާޅުވެފައިވާއިރު، އެމްޑީއެނުން ނެރެފައިވާ ރިޕޯޓާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ސިލްސިލާ އިހުތިޖާޖުތަކެއް ކުރަމުންނެވެ. އެގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ހުކުރު ދުވަހު އެކަމާއި ދެކޮޅަށް އަޑު އުފުލާ މުޒާހަރާކޮށްފައެވެ.

ޔޫތް މިނިސްޓްރީން ވަނީ އެމްޑީއެންގެ މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖެއްސުމަށް އަންގާފައެވެ. އަދި ފުލުހުން ދަނީ އެ ރިޕޯޓް ލިޔުމުގައި ބައިވެރިވި މީހުން ހާޒިރުކޮށް ބަޔާން ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އެކަން ކުރި މީހުންނާއި މެދު ފިޔަވަޅު އެޅުން ލަސްވާތީ ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުން ދަނީ އިތުރުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް