Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2019 | ހުކުރު 19:26
އެޗްޕީއޭ ހުންނަ ހެލްތް މިނިސްޓްރީގެ އިމާރާތް
އެޗްޕީއޭ ހުންނަ ހެލްތް މިނިސްޓްރީގެ އިމާރާތް
މޯލްޑިވްސް އިންޑިޕެންޑެންޓް
ހެލްތް ޕްރޮޓެކްޝަން އެޖެންސީ
މި އަހަރު މިހާތަނަށް ތިން މީހަކަށް ޖުޒާމް ބަލި ޖެހިފައިވޭ: އެޗްޕީއޭ
ފަރެސްމާތޮޑާގައި ވެސް ސްކްރީނިން ޕްރޮގްރާމް ކުރިޔަށް ގެންދާނެ
2030 ވަނަ އަހަރަށް ޖުޒާމް ބަލި ނައްތާލުމުގެ މަސައްކަތް ދަނީ ކުރަމުނ ް

މި އަހަރު މިހާތަނަށް ލެޕްރަސީ ނުވަތަ ޖުޒާމް ބަލި ޖެހިގެން ތިން މީހަކަށް ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ހުކުރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނީ، ޖުޒާމް ބައްޔަކީ މަދުން ނަމަވެސް ފެތުރެމުންދާ ބައްޔަކަށްވާތީވެ އެ ބަލި ނައްތާލުމަށް ވޭތުވެދިޔަ ދެތިން އަހަރު ތެރޭގައި މުޅި ރާއްޖެއިން މަސައްކަތް ކުރަމުންދިޔައިރު އެވަރޭޖުކޮށް ފެނިފައިވަނީ އެ ބަލިޖެހިފައި ހުރި ހަތް މީހުން ކަމަށެވެ. އަދި މި އަހަރު މިހާތަނަށް ޖުޒާމް ބަލި ތިން މީހަކަށް ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

Advertisement

އެޗްޕީއޭއިން އެހެން ބުނެފައިވަނީ ގދ. ފަރެސްމާތޮޑާ ގައި ޖުޒާމް ބައްޔަށް ސްކްރީން ކުރަމުންދާ ކަމަށް ބުނާ އަޑުތަކެއް ފެތުރި އެ ރަށު ހޮސްޕިޓަލުން އެކަން ދޮގުކޮށްފައި ވަނިކޮށެވެ.

2030 ވަނަ އަހާރާއި ހަމަޔަށް ޖުޒާމް ބަލި އެއްކޮށް ނައްތާލުމަށް ރާއްޖޭގެ ބައެއް ރަށްރަށުގައި މުޅި އާބާދީ ޖުޒާމް ބައްޔަށް ސްކްރީން ކުރަން ފަށާފައިވާއިރު، ގދ. ފަރެސްމާތޮޑާގައި ވެސް ވެސް ސްކްރީނިން ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެހެން ކަމުން ސްކްރީނިން ޕްރޮގްރާމަށް ރަށުގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް