Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2019 | ހުކުރު 18:49
ހަސަން ލަތީފް
ހަސަން ލަތީފް
ޝުއައިބް މުހައްމަދު އިގްބާލް
ހަސަން ލަތީފް
ސަރުކާރުގެ ސިޔާސަތު ދިފާއު ނުކުރެވޭނަމަ މަގާމުތަކުގައި ބައިތިއްބާނެ ކަމެއް ނެތް: ހަސަން ލަތީފް
ސަރުކާރު ދިފާއުކުރަން ލާޒިމު ކުރޭ
ފަސްޖެހި ވަޑައިގަންނަވާ ބޭފުޅުން މަގާމުގައި ތިބެން ޖެހޭ ސަބަބެއް ނެތް

ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ސަރުކާރުގެ ސިޔާސަތު ދިފާއު ނުކުރެވޭނަމަ މަގާމުތަކުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

Advertisement

ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ މަގާމްތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށްވެސް ސަރުކާރު ސިޔާސަތުތަކަށް ތާއިދުކޮށް ސަރުކާރު ދިފާއުކުރަން ލާޒިމު ކުރާ ކަަމަށެވެ. އެކަން ކުރައްވަން ފަސްޖެހިވަޑައިގަންނާވާ ބޭފުޅުން މަގާމްތަކުގައި ތިއްބަވަން ޖެހޭ އަދި ބައިތިއްބަން ޖެހޭ ސަބަބެއް ނޮއްނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވިއެވެ.

ހަސަން ލަތީފް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ނިންމުން ތަކަށް އެމްޑީޕީ އެކޭ އެއްފަދައިން ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުންވެސް އަމަލުކޮށް ދިފާއަކުރަން ޖެހޭ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޕާޓީ ތަކުގެ މަގާމްތަކުގައި ތިއްބެވި ބޭފުޅުން އެކަން ކުރައްވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މަގާމުގައި ތިއްބެވި ބޭފުޅުން ސަރުކާރު ދިފާއުކުރަން ޖެހޭ ކަމަށް ހަސަން ލަތީފް ވިދާޅުވެފައިވާއިރު، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ބިލްތަކަށް ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ފުރިހަމަ އެއްބާރުލުން ނުލިބޭ ކަމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން ދަނީ ބުނަމުންނެވެ. އަދި މަޖިލީސް ތެރޭގައި ކޯލިޝަން ޕާޓީގެ މެމްބަރުންނާއި އެމްޑީޕީ މެމްބަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތައްވެސް ދަނީ ބަދަލުކުރެވެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް
26 އޮކްޓޯބަރ 2019 | ހޮނިހިރު 14:12
ސޫޒަ
ﷲ އަށާ ރަސޫލާއަށް ފުރައްސާރަ ކުރާމީހުންނަށް ސަރުކާރުން ސަނާ ކިޔާހާ ހިނދަކު، ދިވެހިރައްޔިތުންވެސް ސަރުކާރު މަވައްޒަފުންވެސް ސަރުކާރު ދިފާއު ކުރާނެކަމެއްނެތް.. ހަސަންލަތީފު ހީކުރަނީ ތިކަހަލަ ފެންނުވަރާ 4 ވަރަކަށްއަންހެނުންކުރާ ކަންތައް ދިފާއުކުރަން ދިވެހި ސަރުކާރުގައި ތިބި މުވައްޒަފުންނަށް މަޖުބޫރު ކުރެވިދާނެކަމަށްތަ ހަމަހިލާ އެކަން ނުކުރެވޭނެ މާބޮޑައް ފުއްޕާގެން އުޅޭނެކަމެއްނެތް މިޤައުމުގައި ހިޔާލުފާޅުކުރެވޭނެ މިންވަރު ވަރަށްސާފުކޮށް ޤާނޫނު އަސާސީގައި ބުނެފައިވާނެ ޤާނޫނު އަސާސީން ބޭރުންކުރާ އެއްވެސްކަމެއް އެއްވެސްމީހަކު ދިފާއު ކުރާނެ ކަމެއްނެތް. ތިމާމެން މަޖިލީހުގައި ފާޑުފާޑު ކޮމެޓީތައްހަދައިގެން މީހުން ހިފާ ހައްޔަރުކުރަންތެޅޭއިރު ﷲއަށާ އެކާލާންގެ ރަސޫލާއަށް ފުރައްސާރަކުރާމީހުންނަށް ފިޔަވަޅެއް އަޅަން ބުނެލަން ނުކެރޭ މާމޮޅުވެން މާލޯޔަރުވެން ތެޅޭނެކަމެއްނެތް
26 އޮކްޓޯބަރ 2019 | ހޮނިހިރު 13:24
ސޫޒަ
ސަރުކާރުގެ ސިޔާސަތަކީ ﷲ އާ ރަސޫލާއަށް ފުރައްސާރަ ކުރާމީހުނަށް ހިމާޔަތް ދީ ބެލެހެއްޓުންތޯ؟ ނޫނީ އެމީހުން އެކުރީ ޤާނޫނު އަސާސީގައި ލިޔެފައިވާ ކުށެއްތޯ؟ މިސުވާލުގެ ޖަވާބު ހަސަން ލަތީފު ދީބަލަ
25 އޮކްޓޯބަރ 2019 | ހުކުރު 23:52
މަހްމޫދު
ފެށުނު އިރު ވެސް އެނގެން ވާނެ އިދިކޮޅު މީހުން ސިޔާސީ މަޤާމުތަކުގައި ތިބެގެން ނުވާނެ ކަން، ސަރުކާރު ގެންނަން މަސައްކަތް ކުރީކީ އިބޫ އެކަންޏެއްނޫން، އެހެންމީހުނަށްވެސް ޖޮބް ލިބެން ޖެހޭނެ، އަދި އެމީހުން އެ ބަދަލު ގެންނަން މަސައްކަތް ކުރީ އެމީހުންވެސް އެ ބުނި ގޮތަކަށް ޤަވްމު ހިންގުމުގައި ބައިވެރިވާން. އެކަން އޮޅުނީމާ ހުރިހާ ކަމެއްވެސް ދާނީ ގޯހުން، ނުރުހޭ ބަޔަކު ލައްވާ ގަދަކަމުން މިކަންތައް ކުރުވަން މި އުޅެނީ ކާކު ބުނެގެން ބާ ހަމަ ކޮސް ވެއްޖެ، މިކުރަން އުޅޭ ކަމެއް ނުވިސްނިގެން