Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2019 | ހުކުރު 18:25
ގދ. ފަރެސްމަތޮޑާ
ގދ. ފަރެސްމަތޮޑާ
މޯލްޑިވްސް އިންޑިޕެންޑެންޓް
ފަރެސްމާތޮޑާ ހޮސްޕިޓަލް
ޖުޒާމް ބައްޔެއް މިރަށަކު ނެތް، އިއުލާނެއް ނުކުރަން: ފަރެސްމާތޮޑާގެ ސިއްހީ މަރުކަޒު
ކުރިން އިއުލާން ކުރި

ޖުޒާމް ބައްޔަށް ސްކްރީން ކުރުމަށް އެއްވެސް އިއުލާނެއް ނުކުރާ ކަމަށާއި، އެ ރަށުގައި ޖުޒާމް ބަލި ފެތުރެމުން ނުދާ ކަމަށް ގދ. ފަރެސްމާތޮޑާ ހޮސްޕިޓަލުން ބުނެފިއެވެ.

ފަރެސްމާތޮޑާ ގައި ދިރިއުޅޭ އެންމެންނަށް އަމާޒުކޮށްގެން މި އަހަރުގެ ޖުލައި މަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޓީމެއް އެރަށަށް ގޮސް ސްކްރީނިންގް ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައިވާ ކަަމަށް ބުނެ ފަރެސްމާތޮޑާ ހެލްތް ސެންޓަރުގެ ތައްގަނޑު ޖަހާ ނެރެފައިވާ އިއުލާނެއް ދަނީ ޝޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ނަމަވެސް އެކަށީގެންވާ މީހުން އައިސްފައި ނުވާތީ، ކަނޑައެޅިފައިވާ ޓާގެޓް ހާސިލް ކުރެވިފައިނުވާ ކަމަށް އިއުލާނުގައި ބުންޏެވެ. އެހެން ކަމުން ސްކްރީން ކުރުމަށް ސިއްހީ މަރުކަޒަށް އައުމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

Advertisement

އެކަމާއި ގުޅިގެން ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެމުން އެ ރަށު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ، އެއީ ހަގީގަތް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށާއި، ހޮސްޕިޓަލުން އެފަދަ އިއުލާނެއް ކޮށްފައިނުވާނެ ކަމަށެވެ.

ޝޯޝަލް މީޑިއާގައި ތިއުޅޭ އިއުލާނުގައި މިތާގެ ތައްގަނޑު އެބައިން. މިތަނުން ކޮށްފައި އިން އިއުލާނެއް ނޫން އެއިކީ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެރަށުގައި ޖުޒާމް ބަލި ފެތުރެމުން ނުދާ ކަމަށާއި، އެކަމުގެ ހަގީގަތް ފަހުން ރަސްމީކޮށް ހާމަކުރާނެ ކަމަށެވެ.

ރާއްޖެއިން ޖުޒާމް ބަލި ނައްތާލުމުގެ މަސައްކަތް ގައުމީ ފެންވަރެއްގައި ފަށާފައިވަނީ 1974 ވަނަ އަހަރުއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 1997 ގައި އެ ލަނޑުދަނޑި ރާއްޖެއަށް ހާސިލުވެފައިވީ ނަމަވެސް އަހަރަކު ކޮންމެވެސް ވަރަކަށް އަދިވެސް މި ބަލީގެ ކޭސްތައް ދަނީ ރިޕޯޓް ކުރެވެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް
25 އޮކްޓޯބަރ 2019 | ހުކުރު 19:47
ގޯނިބެް
މިފަދަ އިޢުލާންތައް ނެރުމުގެ ކުރިން ކަމާ ބެހޭޭ ބޭފުޅުންގެ ލަފާ ހޯދުމަކީ މުހިންމުކަމެއް. އިޢުލާނެއް ޢާއްމުކޮށްފަ ދެން މަމެން ނުނެރެމޭ ނުބުނެވޭނެ. މިހެންވެ މިކިޔަަނީީ ޤާބިލް މީހުން މަޤާމުތަކަށް ލާށޭ. ނޫނީ ނިހާންމެން ފަދަ މީހުނަށް އަނގަފުޅާކުރަން ފުރުސަތުބޮޑުވާ ގޮތް ވަނީ. މަރުކަޒުގެ ޕޮލިޓިކަލް އެޕޮއިންޓީ ބަދަލުކޮށްފަ ޓެކްނިކަލް ބޭފުޅަކު އެމަޤާމަށް ވީހާ އަވަހަކަށް ލުމަކީ މުހިންމުކަމެއް.