Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2019 | ހުކުރު 17:17
ޕީޕިއެމް އިން ބޭއްވި އެއްވުމުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
ޕީޕިއެމް އިން ބޭއްވި އެއްވުމުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
ގޫގުލް
ރައީސް އަބްދުﷲ ޔާމީން
މުގައްރަރު ''ލާދީނީ'' ކުރަން ޖާގައެއް ނުދޭނަން: ރައީސް ޔާމީން
ޕީޕީއެމުން ''ލާދީނީ'' ފިކުރަށް ޖާގަ ނުދޭނެ ކަމަށް ޔާމީން ވިދާޅުވި

ސްކޫލުތަކުގައި ކިޔަވާ ކުދިންގެ މުގައްރަރު ''ލާދީނީ'' ކުރުމަށް ޖާގަ ނުދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓާއި ގުޅިގެން އެކަމާއި ނުރުހުން ފާޅުކުރުމުގެ ގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުރާސްފަތި ދުވަހުގެރޭ އެއްވުމެއް ބާއްވާފައެެވެ. އެ އެއްވުމުގައި ރައީސް ޔާމީންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސަޕޯޓަރުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިނިވަން ފިކުރޭ ކިޔާއިގެން ވާހަކަ ދައްކާ މީހުންނަކީ ''ލާދީނީ'' ފިކުރު ފަތުރަން މަސައްކަތް ކުރާ މީހުން ކަމަށެވެ. ވާހަކަތަައް ރީތި ކުރަން ޑިމޮކްރަސީގެ ނަން ބޭނުންކޮށްގެން މިހާރު ރާއްޖޭގެ ކަންތައްތައް ދަނީ ހައްދުން ނެއްޓޭ ހިސާބަށް ކަމަށް ވިދާޅުވިއެވެ. ދީނާއި ބެހޭ ކަންތައްތަކުގައި ޑިމޮކްރެސީ އެއް ނޮއްނާނެކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

Advertisement

ސަރުކާރުން އެމްޑީއެންއާ މެދު ފިޔަވަޅު ނާޅާތީ އެކަމަށް ފާޑު ކިޔަމުން ޔާމީން ވިދާޅުވީ، ފިޔަވަޅު ނޭޅެނަމަ ދެން ކުރަން ހުރި ކަންތައްތައް ވަރަށް އަވަހަށް ތިލަވެގެންދާނެ ކަމަށާއި، ރާއްޖޭގައި ލާދީނީ ކަންތައްތަކެއް އާއްމުވުމަކީ އެމަނިކުފާނުގެ ޕާޓީން އެކަމާއި ހިތާމާކުރައްވާ ކަމެއް ކަމަށެވެ.

އޭގެ ފަހުން އެމަނިކުފާނު ވިދާޅުވީ، ކޮންމެ ބަޔަކުވެސް ބޭނުންވަނީ އެމީހުންގެ ދަރިންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބިގެން ބޮޑުވަމުން އަންނަ ދަރިންތަކަށް ހެދުން ކަމަށާއި، ކުދިންގެ މުގައްރަރު ބަދަލުކޮށް ''ލާދީނީ'' ފިކުރުތައް ކުދިންގެ ސިކުނޑިއަށް ވިސްނާ ދިނުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އަޅުގަނޑުމެން ބޭނުންވޭ މި މުގައްރަރަށް ގެންނަ ބަދަލުތައް ބަލަން. އަޅުގަނޑުމެން އެ މުގައްރަރުތަކަކަށް ޖާގަ ނުދޭނަން. އަޅުގަނޑުމެންގެ ތުއްތު ދަރިން މި ދެންނެވި ކަހަލަ މުގައްރަރުތަކުން ކިޔާވަކަށް ޖާގައެއް ނުދޭނަން. އަޅުގަނޑުމެން ޖާގަދީގެން ނުވާނެ ތުއްތު ކުދިންގެ ސިކުނޑިތައް މި ދެންނެވި ގޮތަށް ތަޢައްޔަރު ކުރާކަށެއް.
އަބްދުﷲ ޔާމީން ~ ކުރީގެ ރައީސް ~

އޭގެ އިތުރުން ޔާމީން ވިދާޅުވީ، ޕީޕީއެމް އާއި ޕީއެންސީން ލާދީނީ ފިކުރަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓާއި ބެހޭގޮތުން ޕީޕީއެމުން އިހްތިޖާޖު ކޮށްފައިވާއިރު އެ ރިޕޯޓް ނެރެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އެ މައްސަލަ އަމިއްލަ ފަރާތަކުން އިސްލާމިކް މިނިސްޓްރީ އަށް މީގެ ކުރިން ހުށައެޅިކަން ދާދީ ފަހުން ވަނީ ހަމަވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް