Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2019 | ހުކުރު 13:44
އެމްޑީޕީގެ ސަޕޯޓަރުންތަކެއް
އެމްޑީޕީގެ ސަޕޯޓަރުންތަކެއް
ސަން
އެމްޑީޕީ
އިދިކޮޅަށް ހިތްވަރު ލިބޭނެ ހިޔާލު ފާޅުނުކުރަން އެމްޑީޕީގެ އިލްތިމާސެއް
އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ހިލާފު ކަމެއް ކަމަށް ބުނި
އެމްޑީއެން ރިޕޯޓުގެ މައްސަލާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުން

އެމްޑީޕީ އާއި ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭނެ ހިޔާލު ފާޅުނުކުރުމަށް އެ ޕާޓީގެ މެމްބަރުންނަށް އަންގައިފިއެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިޔާރުތައް އެމްޑީޕީގެ އެއްވެސް މަޖިލިސް މެމްބަރެއްވެސް، ކައުންސިލަރެއްވެސް އަދި އާއްމު މެމްބަރަކުވެސް ބޭނުން ނުކުރުމަށް ހުކުރު ދުވަހު އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ.

އަދި އިދިކޮޅު ހަރަކާތްތަކަށް ބާރުލިބޭ، ވާގިވެރިވުމުގެ ބަޔާން ނެރުމާއި، އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި، ދުރޫސުލް އަޚްލާގުގެ ހަމަތަކުން ބޭރު ކަމެއް ކަމުގައި މެނުވީ ނުވާނެކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

Advertisement

އެމްޑީޕީން އެފަދަ ގޮތަކަށް ބަޔާނެއް ނެރެފައިވާއިރު، މައްސަލަ ބޮޑުވެގެން އުޅޭ އެމްޑީއެންގެ ރިޕޯޓުގެ މައްސަލާގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުރާސްފަތި ދުވަހު އެއްވުމެއް ބާއްވާ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.

އިސްލާމްދީނަށާއި ރަސޫލާ އަށް ފުރުއްސާރަ ކޮށްފައިވާ ރިޕޯޓާ ގުޅިގެން އާއްމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މީހުން ދަނީ އެކި ކަހަލަ އިހްތިޖާޖުތައް ކުރަމުންނެވެ. ރަށްރަށުގެ ކައުންސިލްތަކުންނާއި އަމިއްލަ ޖަމިއްޔާތަކުން ދަނީ އެކަން ކުށްވެރިކޮށް ބަޔާންތައް ނެރެމުންނެނެވެ.

އެމްޑީއެން އެއްކޮށް އުވާލާ އެ ރިޕޯޓު ލިޔުމުގައި ބައިވެރިވި މީހުން ހައްޔަރު ކުރުމަށް އެމީހުން ދަނީ ބުނަމުންނެވެ. އެމްޑީޕީން ވެސް ވަނީ މީގެ ކުރިން އެކަމާއި ގުޅިގެން ބަޔާނެއް ނެރެފައެވެ. އެ ޕާޓީން ބުނީ އެއްވެސް ޖަމްއިއްޔާއެއް އުވާލުމަށް ހިތްވަރު ނުދޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
26 އޮކްޓޯބަރ 2019 | ހޮނިހިރު 13:27
ސޫޒަ
އެއްކޮޅު މީހުންވެސް އިދިކޮޅުމީހުންވެސް މިއުޅެނީ ﷲ އާ އެއިލާހުގެ ރަސޫލާއަށް ފުރައްސާރަ ކުރާތީ އެކަން ހުއްޓުވަން ، ދިވެހިރާއްޖޭގެ ޤާނޫނުގައި އެވާހަކަ ވަރަށް ސާފު ދިވެހިބަހުން ލިޔެފަ އެބައޮތް