Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2019 | ހުކުރު 13:14
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ރައީސް ސޯލިހު
ސުލްޙަ މަސަލަސްކަން ކުރިއެރުވުމުގައި ރާއްޖެއިން މަސައްކަތް ކުރަމުންގެންދާނެ: ރައީސް ސޯލިހު
ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއި އެއްބަސްވުންތަކާއި އެއްގޮތަށް ޢަމަލުކުރުންމަތީ ދެމިއޮންނާނެ
ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަކީ ޤައުމުތަކުގެ އެންމެހާ ރައްޔިތުންނަށް ސުލްޙަވެރި އަދި އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ބައްޓަންކުރެވިފައިވާ ފުރިހަމަ އޮނިގަނޑެއް
މިއީ 74 ވަނަ އ.ދ ދުވަހާ ގުޅިގެން ރައީސް ސޯލިހު ނެރުއްވި ބަޔާނެއް

ސުލްޙަ މަސަލަސްކަން ދަމަހައްޓައި ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ދިވެހިރާއްޖެއިން ކުރިއެކޭ އެއްގޮތަށް މަސައްކަތް ކުރަމުންގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރައްވާފައިވަނީ ‏މިއަދު ފާހަގަކުރަމުންދާ 74 ވަނަ އ.ދ. ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. އ.ދ. ދުވަހެއް ފާހަގަކުރަނީ ސިޔާސަތު ކަނޑައެޅުމާއި ގޮތް ނިންމުމުގެ ތެރެއިން ހަމަޖެހުމާއި ސުލްޙައަށް މަގުފަހިކުރުމުގެ އަޒުމް ވަރުގަދަކުރުމަށްކަން ބަޔާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ. އުފެއްދުމުގެ މަޤްޞަދުތައް ހާޞިލްކުރުމުގައި ސާބިތުކަމާއެކު މިހާތަނަށް ދެމިއޮތްކަން ފާހަގަ ކުރައްވާފައެވެ. އެމަނިކުފާނު ވަނީ ރާއްޖެއިން އ.ދ. ގެ ޗާޓަރުގައިވާ ކަންކަމަށް އިޖާބަދޭނެކަން ހާމަކުރައްވައި އ.ދ.ގެ ޗާޓަރުގެ ރޫޙާއި އެއްގޮތްވާ ގޮތުގެ މަތީން މަސައްކަތްކުރުމަކީ އެޖަމާޢަތުގައި ހިމެނޭ އެންމެހާ ޤައުމުތަކަށް ލާބައާއި މަންފާ ލިބޭނެ ކަމެއްކަން ޤަބޫލުކުރައްވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި 2030 ވަނަ އަހަރުގެ ނިޔަލަށް ހާޞިލްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަކީ އެކަންކަމުގެ ސަބަބުން ޤައުމުތަކުގެ އެންމެހާ ރައްޔިތުންނަށް ހަރުދަނާ، ރައްކާތެރި، ދުޅަހެޔޮ، ސުލްޙަވެރި އަދި އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ބައްޓަންކުރެވިފައިވާ ފުރިހަމަ އޮނިގަނޑެއްކަން ހާމަކުރައްވާފައިވެއެވެ.

Advertisement

މީގެ އިތުރުންވެސް 2030 ވަނަ އަހަރުގެ ނިޔަލަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލްކުރުމުގައި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއި އެއްބަސްވުންތަކާއި އެއްގޮތަށް ޢަމަލުކުރުންމަތީ ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ސޯލިހު ދެއްވާފައިވެއެވެ. އަދި، މިކަންކަން ހާޞިލްކުރުމުގައި މި ޖީލަށް ހުރި ގޮންޖެހުންތަކާއި އެކުގައިވެސް ބައިނަލްއަޤްވާމީ މުޖުތަމަޢާއި ގުޅިގެން، މަޢުލޫމާތު ހިއްޞާކުރެވޭ މާހައުލެއްގެ ތެރެއިން ޙައްލުހޯދުމުގައި ރާއްޖެ ދެމިއޮންނާނެކަމަށްވެސް މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައިއެވެ.

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ އެކަހެރިވެފައި އޮތުމަށްފަހު، އ.ދ. ގެ 74 ވަނަ އާއްމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިދިޔަ ސެޕްޓެމްބަރ މަހު ވަރަށް ތާރީޚީ ތަޤްރީރެއް ކުރައްވާފައިވާއިރު, މި ތަޤްރީރުގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހާމަކުރެއްވުމުގެ އިތުރުން ރާއްޖެ އަލުން ބައިނަލްއަޤްވާމީ އިސް ސަފުގައި ހަރަކާތްތެރިވާން ފަށާނެކަމުގެ ހެޔޮ ޚަބަރުވެސް ރައީސް ސޯލިހު ވަނީ ދެއްވާފައެވެ. އ.ދ. ދުވަހުގެ ގޮތުގައި 1948 ވަނަ އަހަރުން ފެށިގެން ފާހަގަކުރާ ދުވަހަކީ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް