Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2019 | ހުކުރު 10:53
އިންޑިއާ ކައިރިން މަސްވެރިންކަން ކުރަމުންދަނިކޮށް އިންޑިއާގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައި
އިންޑިއާ ކައިރިން މަސްވެރިންކަން ކުރަމުންދަނިކޮށް އިންޑިއާގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައި
ޓްވިޓަރ
އަންބަރީ މަސް ދޯނި
އިންޑިއާއިން ހިފެހެއްޓި އަންބަރީ ދޯނީގެ ވެރިފަރާތް ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
50000 ރުފިޔާއިން ދޯނީގެ ވެރިފަރާތް ވަނީ ޖޫރީމައިނާކޮށްފައި
އަންބަރީ ދޯނި އިންޑިއާ ކޯސްޓްގާޑުން ހިފެހެއްޓީ މަލިކު ކައިރީގައި މަސްވެރިކަން ކުރަމުންދަނިކޮށް
ދޯނި ހައްޔަރުކޮށްފައިވަނީ 10 ފަޅުވެރިންނާއި އެކު

އިންޑިއާގެ ކަނޑުގެ ޞަރަޙައްދުގައި ޙަރަކާތްތެރިވަމުންދަނިކޮށް އެޤައުމުގެ ކޯސްޓްގާޑުން ހިފެހެއްޓި "އަންބަރީ" ނަމަކަށް ކިޔާ ދިވެހި މަސްވެރި އުޅަނދުގެ ވެރިފަރާތައް އިދާރީ ގޮތުން ފިޔަވަޅު އަޅަން ނިންމައި އެ އުޅަނދުގެ ވެރިފަރާތް ބައިލައްކަ (50،000) ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

ދޭދޭ ޚާރިޖީ ގުޅުމުގެ ތެރެއިން އިންޑިއާ ސަރުކާރުން މި ނިންމި ނިންމުމުގެ ދަށުން، މަސްވެރިއުޅަނދާއި އޭގައި ތިބި 10 ފަޅުވެރިން މިނިވަންކޮށްފައިވާއިރު، ފިޝަރީޒް މިނިސްޓްރީން މަސްވެރިކަން ކުރުމަށް މިހާރު ދޫކުރަމުންދާ ލައިސަންސްގެ ދަށުން ދޮށީގެ މަސްވެރިކަމުގެ އިތުރުން ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެއްވެސް އުޅަނދެއް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުގައި ހަރަކާތްތެރިވުމަކީ ލައިސަންސްގެ ޝަރުތުތަކުގެ ދަށުން މަނާ ކަމެކެވެ.

މިމައްސަލައާއި ގުޅިގެން ފޮރިން މިނިސްޓްރީން ވަނީ އެހެން ޤައުމެއްގެ ކަނޑުގެ ޞަރަޙައްދުގައި ދިވެހި މަސްވެރި އުޅަނދުތައް ޙަރަކާތްތެރިވުމަކީ ޤާނޫނާއި ޤަވާޢިދާއި ޚިލާފު ކަމެއްކަން ބަޔާންކޮށް މިކަމަށް ސަމާލުވުމަށް ދިވެހިރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަންކުރާ އުޅަނދު ފަހަރުގެ ވެރިންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

Advertisement

"އަންބަރީ" ބޯޓު އިންޑިއާ ކަނޑުގެ އަސްކަރިއްޔާއިން އަތުލައިގަނެފައިވަނީ މި މަހުގެ 5 ވަނަ ދުވަހު މަލިކާއި ތިން މޭލު ބޭރުންނެވެ. ރާއްޖޭގެ މަސްވެރި އުޅަނދު ދޫކޮށްލަން އިންޑިއާ ސަރުކާރުން ނިންމީ ރާއްޖޭގެ ފޮރިން މިނިސްޓްރީން އެޤައުމުގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއަށް ގުޅައިގެން، މި އުޅަނދު މިނިވަން ކުރުމަށް ކުރި މަސައްކަތުންނެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ވެސް އިންޑިއާ ކަނޑުގެ ޞަރަޙައްދުން ދިވެހި މަސްދޯންޏެއް ވަނީ އަތުލައިގަނެފައެވެ. ނަމަވެސް އިންޑިއާ ކަނޑުގެ ޞަރަޙައްދުން ހިފެހެއްޓި މަސްދޯނި ވަނީ އެއްވެސް ފިޔަވަޅެއް ނާޅާ ދޫކޮށްލައިފައެވެ. އެމްއެންޑީއެފުް ބުނީ އެ ފަހަރު މަސްދޯނި އިންޑިއާ ސިފައިން ދޫކޮށްލީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުމުގެ ސަބަބުން ކަމަށެވެ.

ރާއްޖޭގެ މަސްވެރިން އަވައްޓެރި ޤައުމުތަކުގެ ކަނޑުގެ ޞަރަޙައްދަށް ނުވަނުމަށް އެމްއެންޑީއެފުން އަންނަނީ އިލްތިމާސް ކުރަމުންނެވެ. މިއީ މިގޮތަށް އިންޑިއާ ސިފައިން އެޤައުމުގެ ކަނޑުގެ ސަރަހައްދުން ހިފެހެއްޓި ރާއްޖޭގެ ދެވަނަ އުޅަނދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް