ވ. ފުލިދޫ ޕްރީސްކޫލްގައި ކިޔަވަމުންދާ އޯޓިޒަމް ކުއްޖަކަށް އިހާނެތިކޮށްހިތާ ވީޑިއޯއެއް އާންމުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުގައި އެރަށުގެ ޕްރީސްކޫލްގެ ޒޫނާ ނަމަކަށް ކިޔާ ޓީޗަރަކު އެކުއްޖާގެ ކޮލުގައި ޖަހާ މަންޒަރު ފެނެއެވެ.
މި މައްސަލައާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ކުރައްވާފައިވާ ޓްވީޓްގައި ވަނީ ދަރިވަރުންނަށް އިހާނެތިކޮށް ހިތުމާއި ފުރައްސާރަކުރުން ބަލައިނުގަނެވޭނެ ކަމަށެވެ.
އެމައްސަލަ މިނިސްޓަރުގެ ސަމާލުކަމަށް އައުމާއިއެކު އަޅަންޖެހޭ ފިޔަވަޅު އަޅުއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދަރިވަރުންގެ ރައްކާތެރިކަމަކީ އެންމެ އެންމެ މުހިއްމު ކަންދޭ ކަންތައް ކަމަށް މިނިސްޓަރުގެ ޓްވީޓްގައި ވެއެވެ.