Advertisement
ކ. މާލެ
|
24 އޮކްޓޯބަރ 2019 | ބުރާސްފަތި 23:26
އިރުފާން ރުޝްދީ
އިރުފާން ރުޝްދީ
ޕޮލިސް
މަރު ކޮމިޝަން
މަރު ކޮމިޝަންގެ ތަހުގީގަށް މީހަކު ހޯދަން އިއުލާންކޮށްފި
މީހެއްގެ މަރުގެ މައްސަލާގައި ހިމެނޭ މީހެއް

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުގެ ތަހުގީގަށް މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

Advertisement

މަރު ކޮމިޝަނުން ހޯދަމުންދަނީ މ. ކުރިރުއްގު އިރުފާން ރުޝްދީއެވެ. އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން ހިއްސާކުރުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

އެހެން ނަމަވެސް އެއީ ކޮންކަމަކާއި ގުޅިގެންކަން އެ ކޮމިޝަނުން ނުބުނެއެވެ. ރާއްޖެ.އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުން މަރު ކޮމިޝަނުން އިރުފާނު ހޯދަނީ، 2016 ވަނަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހު މަރާލި އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދު އަލީގެ މަރުގެ މައްސަލާގައެވެ.

މަރު ކޮމިޝަނުން މީހުން ހޯދަން އިއުލާން ކޮށްފައިވާއިރު، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލުވާނު މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ދިރިއުޅޭ ގެތައް މަރު ކޮމިޝަނުގެ ބޭނުމަށް ފުލުހުން ވަނީ ފާސްކޮށްފައެވެ. އެގޮތުން ފުލުހުން ވަނީ 13 ބަލާ ފާސްކޮށްފައެވެ.

އެ އޮޕަރޭޝަނަކީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި ފޮރެންސިކް ސަރވިސް ޑިޕާރޓްމެންޓް އަދި ޑިވިޒަނަލް ޕޮލިސިންގ ކޮމާންޑުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް