Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2019 | ހުކުރު 04:14
މުހައްމަދު ރާގިބު އަހުމަދު
މުހައްމަދު ރާގިބު އަހުމަދު
ސަން އޮންލައިން
ޖޭއެސްސީ
ރާގިބު ޖޭއެސްސީއަށް ކުރި ތުހުމަތުތައް އެކޮމިޝަނުން ދޮގުކޮށްފި
ފަޑިޔާރުންގެ މައްސަލަތައް ބަލަނީ ގާނޫނާއި ގަވާއިދާއެއް ގޮތަށް
ރާގިބުގެ މައްޗަށް ސުލޫކީ މައްސަލަތައް ސާބިތުވޭ

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު މުހައްމަދު ރާގިބު އަހުމަދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކޮށްފައިވާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

ޖޭއެސްސީން ނެރުނު ނޫސްބަޔާނުގައި ބުނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަޑިޔާރުންގެ މައްސަލަތައް ބަލަމުން ދަނީ ގާނޫނުތަކާއި ގަވާއިދުތަކުން، ކޮމިޝަނުން އެފަދަ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށާއި، ފަނޑިޔާރުންނާއި މެދު ހުށަހެޅޭ މައްސަލަތައް ކޮމިޝަނުން ބަލައި ފިޔަވަޅު އަޅަމުންދަނީ ފަނޑިޔާރުންނަށް ގާނޫނީ ގޮތުން ކަށަވަރުކޮށްދޭ އެންމެހައި ހައްގުތައް ދީ، އަދި ގާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅަފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށެވެ.

ޖޭއެސްސީން ބުނީ ރާގިބުއާ ބެހޭ ގޮތުން ހުށަހެޅިފައިވާ ބައެއް މައްސަލަތައް ކޮމިޝަނުން ބެލުމަށްފަހު، ފިޔަވަޅެއްގެ ގޮތުގައި ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް 23 އޮކްޓޫބަރުގައި ކޮމިޝަނުން ނިންމާފައި ވަނީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް އެފަނޑިޔާރަށް ލިބިދޭންޖެހޭ ކަމަށް ގާނޫނުން ކަނޑައަޅާފައިވާ އެންމެހާ ހައްގުތައް ފުރިހަމައަށް ދިނުމަށްފަހު ކަމަށެވެ.

Advertisement

އެގޮތުން ތަހުގީގުގައި ރާގިބު ސުވާލުކޮށްފައިވަނީ ގާނޫނީ ވަކީލެއް އައްޔަންކުރުމަށް ފުރުސަތު ދެވި ގާނޫނީ ވަކީލެއްގެ ހާޒިރުގައިކަމާއި، މައްސަލަތަކާ ގުޅިގެން ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމުގެ ފުރުސަތު ރާގިބު ދީފައިވާކަމެވެ. އަދި ތަހުގީގު ރިޕޯޓަސް ޖަވާބުދާރީވުމަށް ގާނޫނުގައި ކަނޑައަޅާފައިވާ 30 ދުވަހުގެ މުހުލަތު ވެސް ރާގިބަށް ދީފައިވާނެކަމާއި, އެފުރުސަތުގައި ރިޕޯޓާ ގުޅިގެން ލިޔުމުން ޖަވާބު ހުށަހަޅާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

މީގެ އިތުރުން ޖޭއެސްސީން ބުނީ ރާގިބު މަގާމުން ވަކިކުރުމަށް 23 އޮކްޓޫބަރުގައި ކޮމިޝަނުން ނިންމީ އޭނާގެ މައްޗަށް ސުލޫކީ މައްސަލަތައް ސާބިތުވާ ކަމަށް ކޮމިޝަނުން ކަނޑައެޅުމަށްފަހު ކަމަށެވެ.

ޖޭއެސްސީން ބުނީ ރާގިބު މައްޗަށް ސާބިތުވި ސުލޫކީ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކަކީ އެމައްސަލަތަކުގެ ބާވަތުން ޖިނާއީ ތަހުގީގު ހިންގަންޖެހޭނެ މައްސަލަތަކެއް ކަމަށް ފެންނާތީ، އެމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވެސް ފޮނުވާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް