Advertisement
ކ. މާލެ
|
14 މާރޗް 2017 | އަންގާރަ 17:07
އެޗްޕީއޭ ޕްރެސް ކޮންޕަރެންސް
އެޗްޕީއޭ ޕްރެސް ކޮންޕަރެންސް
ރާއްޖެ އެމްވީ
އިންފްލުއެންޒާ ފެތުރުން
އެޗް1އެން1 އެންމެ ބޮޑަށް ފެތުރެނީ މާލެ ސަރަަހައްދުގައި:އެޗްޕީއޭ
މި ބަލީގައި މަރުވެފައިވަނީ އެންމެ ކުއްޖެއް

ރާއްޖޭގައި ފެތުރެން ފަށާފައިވާ އިންފްލުއެންޒާ އެންމެ ބޮޑަށް ފެތުރެމުންދަނީ މާލޭ ސަރަހައްދުގައި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އެޗްޕީއޭ އިން ބުނީ، އަތޮޅުތެރޭގައި މިބަލި ހުރި މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މައުލޫމާތުތައް ފުރިހަމަކުރުމަށް މީޑިޔާ އަށް ހާމަކުރެވިގެންދާނެ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ، މިހާރު ފެތުރެމުންދާ އެޗްވަންއެންވަން އިންފްލުއެންޒާ އަކީ ވަރަށް ފަސޭހަ ކަމާއެކު ފެތުރެމުންދާ ބައްޔަކަށްވުމާ އެކު އެ މައުލޫމާތުތަކީ އަބަދުވެސް ބަދަލުވެދާނެ މައުލޫމާތުތަކެއް ކަމަށެވެ.

ހޯމަ ދުވަހުގެ ރޭ ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ ނޫސް ބަޔާނުގައިވަނީ، އިންފްލުއެންޒާ ޖެހިގެން އެކަކު މަރުވެފައިވާ އިރު މިހާތަނަށް 51 މީހުން މި ބައްޔަށް ޕޮސިޓިވްވެފައިވާ ކަން ހާމަކޮށްފަ އެވެ. މިކަމާ ގުޅިގެން ސްކޫލުތަކުގެ ކިޔެވުންވެސް ވަނީ ބަންދުކޮށްފަ އެވެ.

އެޗް1އެން1 ވައިރަސްއަށް ޕޮޒިޓިވްވާ ކޭސްތައް އިތުރުވެ، ލެވެލް ތިނެއްގެ އެލާޓް ނެރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އޭޑިކޭގެ ޑޮކްޓަރ އަދި ޓާސްކް ފޯސްގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ އިންފްލުއެންޒާ ވެކްސިން ރާއްޖޭގައި ހުރީ ވަރަށް މަދުންކަމަށެވެ. ނުވަތަ ލިމިޓެޑް ސްޓޮކްއެއް ކަމަށެވެ. އަދި ވެކްސިންގެ "ބޮޑު އަދަދެއް ނެތުމުން" އެންމެ މުހިންމު އުމުރު ފުރާތަކަށް އެ ވެކްސިން ބޭނުންކުރުމުގެ މަޝްވަރާ ކުރަމުން އަންނަކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް