Advertisement
ކ. މާލެ
|
24 އޮކްޓޯބަރ 2019 | ބުރާސްފަތި 10:35
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ސޯޝަލް މީޑިއާ
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ އެންޑް
ރާއްޖޭގެ އައިޓީ ހަބަކަށް ފުވައްމުލައް!
އިންކިއުބޭޓަރ ގައި ރޮބޮޓިކްސް ކަލާސްތައް ނަގާދޭނެ
ނެޓްވޯރކްގެ ދާއިރާއިން ގިނަ ބަޔަކަށް ތަމްރީން ދެވޭނެ
ފުރަތަމަ ފަހަރަށް އެންސީއައިޓީގެ ސޮފްޓް ވެއަރ ޑިވެލޮޕްމެންޓް ޔުނިޓެއް ފުވައްމުލަކުގައި ގާއިމު ކުރެވިގެންދާނެ

ފުވައްމުލައް ސިޓީއަކީ ރާއްޖޭގެ އައިޓީ ހަބަކަށް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ އެންޑް ސައިންސް، މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ރޭ، ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފުވައްމުލަކަކީ ރާއްޖޭގެ އައީޓީ ހަބަކަށް ހެދުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.

Advertisement

އެގޮތުން ނެޝަނަލް ސެންޓަރ ފޯރ އިންފޯމޭޝަން އެންޑް ޓެކްނޮލޮޖީގެ ފަރާތުން ފުވައްމުލަކުގައި ގައި ގާއިމު ކުރެވިފައިވާ އިންކިއުބޭޓަރ ގައި ރޮބޮޓިކްސް ކަލާސްތައް ނަގާދޭނެ ކަމަށާއި އަންނަ މަހުގެ ތެރޭގައި ގަސްދުކޮށްފައިވަނީ އިތުރު ނެޓްވޯރކް ލެބެއް ގާއިމުކޮށް ނެޓްވޯރކްގެ ދާއިރާއިން ގިނަ ބަޔަކަށް ތަމްރީނު ދިނުމަށް ކަމަށެވެ. އެގޮތުން މި ވަގުތުވެސް މުވައްޒަފުންތަކެއް ނަގާ، މާލޭގައި ޓްރެއިނިންގ ދިނުމުގެ މަސައްކަތް ކުރެވެމުން ދާކަމަށާއި ތަމްރީނު ކުރެވުން މުވައްޒަފުން މަސައްކަތް ކުރާނީ ފުވައްމުލަކުގައި ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

އަދި މިވަގުތުވެސް ނެޝަނަލް ސެންޓަރ ފޯރ ސައިންސް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ފުވައްމުކަކުގައި ގާއިމު ކުރެވިފައިވާ އިންކިއުބޭޓަރގައި ރޮބޮޓިކްސް ކްލާސްތަކާއި އަދި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަންނަ މަހުގެ ތެރޭގައި އަޅުގަނޑުމެން ގަސްދުކޮށްފައި މިވަނީ އިތުރު ނެޓްވޯރކް ލެބެއް ގާއިމުކޮށް ގިނަ އަދަދަކަށް ނެޓްވޯރކްގެ ދާއިރާގައި މީހުން ތަމްރީން ކުރުން..
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ އެންޑް ސައިންސް މަލީހު ޖަމާލް

އަދި ލާމަރުކަޒީ ކުރުމުގެ ޕްލޭންގެ ދަށުން ފުރަތަމަ ފަހަރަށް އެންސީއައިޓީގެ ސޮފްޓް ވެއަރ ޑިވެލޮޕްމެންޓް ޔުނިޓެއް ފުވައްމުލަކުގައި ގާއިމު ކުރެވިގެންދާނެ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ. މަލީހު ވިދާޅުވީ، މާލޭގައި ލިބޭ ވަރުގެ މުސާރައެއް ރަށުގައި ތިބެގެންވެސް ލިބޭނެކަމަށެވެ.

އަދި އައިޓީ ހަބަކަށް ފުވައްމުލައް ސިޓީ ހެދުމަށްޓަކައި ޓެކްނޯލޮޖީ ޕާކެއްގެ ކޮންސެޕްޓު ތައްޔާރުކޮށްފައިވާ ކަމަށް މަލީހު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ވިސްނުން ހުރީ، ވަކިން ޚާއްސަ ގޮތެއްގައި ރައީސްގެ ވައުދުފުޅެއް ފުވައްމުލަކަކީ ރާއްޖޭގެ ޓެކްނޮލޮޖީގެ މައި މަރުކަޒަށް ހެދުމުގެ، އައިޓީ ހަބަކަށް ހެދުމުގެ. އެކަން ހާސިލް ކުރުމަށްޓަކައި ޓްކްނޮލޮޖީ ޕާކެއްގެ ކޮންސެޕްޓުގެ ތެރެއިން އަޅުގަނދުމެން ވާނީ ކޮންސެޕްޓެއް ތައްޔާރުކޮށްފަ. އެހެންމަ އޭގެ ބައެއް ކަންކަން ކުރިއަށް ދާއިރު ހަމަ ސްޓަރޓްއަޕްތަކަށް ރާއްޖެއަށް މިއަންނަ ބޮޑެތި ޓެކްނޮލޮޖީގެ ކުންފުނިތަކަށް އެތާގައި އޮފީސް އިންތެބްލިޝް ކުރުމާއި މިކަހަލަ ފުޅާ ވިސްނުންތަކެއް ހުރީ
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ އެންޑް ސައިންސް މަލީހު ޖަމާލް

މިނިސްޓަރ މަލީހު ވިދާޅުވީ ސަރުކާރުގެ ބައެއް ޕޮލިސީތައް އެކުލަވާލެވުމާއި އެކު މިކަންތައްތައް ކުރިއަށް ގެންދާނެ ކަމަށާއި އަދި މިހާރުވެސް އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން އެކަންތައްތައް ކުރުމަށް ބޭނުންވާ އިންވެސްޓްމެންޓްސް ހޯދުމުގެ މަސައްކަތް ކުރެވެމުން ދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް