Advertisement
ކ. މާލެ
|
24 އޮކްޓޯބަރ 2019 | ބުރާސްފަތި 00:05
ދިވެހި ސަފީރު ސައުދީ ރަސްގެފާނަށް ފަތްކޮޅު އަރުވަނީ
ދިވެހި ސަފީރު ސައުދީ ރަސްގެފާނަށް ފަތްކޮޅު އަރުވަނީ
ފޮރިން މިނިސްޓްރީ
ސައުދީ- ސަފީރުކަމުގެ ފަތްކޮޅުއެރުވުން
ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައެޅުއްވި އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ސަޢޫދީ ރަސްގެފާނަށް އަރުވައިފި
ސަފީރު ރަސްގެފާނަށް ފަތްކޮޅު އެރުވީ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި

ދިވެހިރާއްޖެއިން ސަޢޫދީޢަރަބިއްޔާއަށް ކަނޑައެޅުއްވި އައު ސަފީރު މުހައްމަދު ޚަލީލު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އާލް ސަޢޫދަށް މިއަދު އަރުވައިފިއެވެ.

ޚަލީލު، ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނަށް އަރުވާފައިވަނީ އެކަމަށްޓަކައި ބުދަދުވަހު ރިޔާދުގައި ބޭއްވި ރަސްމިއްޔާތެއްގައިކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއެވެ. މި ރަސްމިއްޔާތުގައި ސަޢޫދީ ރަސްގެފާނު އެމްބެސެޑަރ ޚަލީލަށް މަރުޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށް ވެދުން އަރިސްކުރައްވާފައިވެއެވެ.

Advertisement

އެމްބެސެޑަރ ޚަލީލު ވަނީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ދަމަހައްޓަން ސަޢޫދީ ރަސްގެފާނު ކުރައްވާ މަސައްކަތްޕުޅަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ފަރާތްޕުޅުން މަރުޙަބާ ދަންނަވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. އިބްރާހިމް ބިން އަބްދުލްއަޒީޒު އަލްއައްސާފް އާއި މިނިސްޓަރ އޮފް ސްޓޭޓް އަދި ކެބިނެޓް މެމްބަރު ޑރ. މުސައިދު ބިން މުހައްމަދު އަލްއައިބާން ބައިވެރިވެވަޑައިގަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް