Advertisement
ކ. މާލެ
|
23 އޮކްޓޯބަރ 2019 | ބުދަ 23:28
އާސަންދަ
އާސަންދަ
ރާއްޖެ އެމްވީ
އާސަންދަ
މެރަނައިގެ މައުލޫމާތުދޭން އިންޑިއާގައި އުޅޭ ދިވެހިންނާ ބައްދަލުކޮށްފި
އެ ބައްދަލުކުރުމުގައި ސްކީމާއި ބެހޭ ގިނަ މައުލޫމާތު ދިން
އާސަންދައިގެ މެނޭޖިން ޑިރެކްޓަރ އަދި އަދި އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރ ވެސް ބައިވެރިވަޑައިގެންނެވި

މެރަނަ ސްކީމްގެ މައުލޫމާތު ދިނުމަށް އިންޑިއާގެ ޓްރެވެންޑްރަމްގައި އުޅޭ ދިވެހިންނާ އާސަންދަ ކުންފުނީގެ ޓީމެއް ބައްދަލުކޮށްފިއެވެ.

ޓްރެވެންޑްރަމްގައި އުޅޭ ދިވެހިންނާ ބައްދަލުކުރީ ބުދަ ދުވަހުގެ ހަވީރު އިންޑިއާ ގަޑިން 5:00 ގައެވެ.

އެ ބައްދަލުވުމުގައި އާސަންދަ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރ އިބްރާހީމް ރަޝީދާއި އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އައިމިނަތު ޒީނިޔާ ވެސް ބައިވެރިވަޑައިގެންނެވިއެވެ.

ބުދަ ދުވަހުގެ ހަވީރު ބޭއްވި ބައްދަލުވުމުގައި މެރަނަ ސްކީމްގެ މައުލޫމާތު ދިނުމުގެ އިތުރުން، ސްކީމްގެ ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ހުރި ދަތިތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރާނެ ގޮތްތަކާމެދު މަޝްވަރާ ކުރެވުނެވެ.

Advertisement

އޭގެ އިތުރުން އެ ޓީމުން ވަނީ އިންޑިއާގައި އާސަންދަ އަދި މެރިނާ ސްކީމްގެ ހިދުމަތްދޭ ހޮސްޕިޓަލްތަކަށް ޒިޔާރަށްކޮށް ހިދުމަތް ދިނުމުގައި ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިދެވޭނެ ތޮތްތަކެއް ހޯދުމަށް މަޝްވަރާކޮށްފައެވެ.

މެރަނަ ސްކީމްގައި ބައިވެރިވެވޭނީ އެ ގައުމެއްގައި ދިރިއުޅޭތާ ހަމަސް ދުވަހަށް ވުރެއް ގިނަ ދުވަސް ވެފައިވާ ދިވެހިންނަށެވެ.

އާސަންދައިގެ އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް