ކ. މާލެ
|
14 މާރޗް 2017 | އަންގާރަ 16:10
ބާސާ އަދި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން
ބާސާ އަދި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން
ގޫގުލް
ޕީއެސްޖީ - ބާސާ މެޗު
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
ޕީއެސްޖީ - ބާސާ މެޗުގެ ރެފްރީ ވަނީ ސަސްޕެންޑުކޮށްފަ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި ބާސެލޯނާ ބައްދަލުކުރި މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި އެވެ.

ޕީއެސްޖީ އަތުން ބާސާ 1-6 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވި މެޗުގައި ސުވާލު އުފެދޭ ބައިވަރުކަންތައްތަކެއް ހުރި ކަމަށްބުނެ މި ޕެޓިޝަން ހަދާފައިވާއިރު، އެ މެޗުގައި ރެފްރީކަން ކުރި ޑެނިޒް އައިޓެކިން ވަނީ ސަސްޕެންޑުކޮށްފައެވެ.

ޑެނިޒް ސަސްޕެންޑުކުރަން ނިންމާފައިވަނީ އެ މެޗުގައި ސުވާލުއުފެދޭ ދެ ޕެނަލްޓީއެއް ބާސާ އަށް ދިނުމުންނެވެ. އެގޮތުން އެ ދެ ޕެނަލްޓީގެ ސަބަބުން ނަތިޖާއަށް ވަނީ ބަދަލު އައިސްފައެވެ.

ބާސާ އަދި ޕީއެސްޖީ ބައްދަލުކުރި ފުރަތަމަ ލެގު ނިމުނީ 0-4 ގެ ނަތީޖާއަކުން ޕީއެސްޖީކޮޅަށް ބުރަވެގެންނެވެ. އެހެންނަމަވެސް ދެވަނަ ލެގުގައި ޕީއެސްޖީ 1-5 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް ސެމީން ޖާގަ ލިބޭނީ އެޓީމަށެވެ.

ޕީއެސްޖީ އަތުން ހޯދި މޮޅާއެކު ސްޕެނިޝް ލީގުގައި ބާސާ ކުޅުނު މެޗުން އެޓީމު ވަނީ ޑިޕޯޓިވޯ ލަކަރޫނާ އަތުން 1-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެގޮތުން އެޓީމު ވަނީ އަނެއްކާވެސް ރެއާލް މެޑްރިޑްގެ ފަހަތުން ދެވަނަ އަށް ވެއްޓިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް