Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2019 | އަންގާރަ 23:39
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް
ރައީސް އޮފީސް
ފަނޑިޔާރުންގެ ޖަމްއިއްޔާ
ޚިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަނޑިޔާރުން ތިބިނަމަ ފިޔަވަޅު އަޅަން ގޮވާލައިފި
ފަނޑިޔާރުންގެ ޖަމްއިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަައި
އެމްއެމްޕީއާރްސީގެ މައްސަލާގައި ފަނޑިޔާރުންތަކެއް ހިމެނޭ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައި

އެމްއެމްޕީއާރްސީގެ ޚިޔާނަތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަނޑިޔާރުން ތިއްބެވިނަމަ އެކަން ބަލައި ތަހުގީގުކޮށް އަޅަންވާ ފިޔަވަޅު އެޅުމަށް ދިވެހި ފަނޑިޔާރުންގެ ޖަމްއިއްޔާ އިން ގޮވާލައިފިއެވެ.

ފަނޑިޔާރުންގެ ޖަމްއިއްޔާއިން އެހެން ގޮވާލަފައި މިވަނީ، ޚިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި، މިހާރު މަގާމުގައި ތިއްބެވި ފަނޑިޔާރުންތަކެއް ހިމެނޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވުމާއި ގުޅިގެންނެވެ.

ޕީޖީ އެހެން ވިދާޅުވެފައިވާތީ އެކަމާއި ގުޅިގެން ފަނޑިޔާރުންގެ ޖަމްއިއްޔާއިން އަންގާރަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނީ، ޚިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި ފަނޑިޔާރުންތަކެއް ހިމެނުމަކީ އެކަމާއި މެދު ކަންބޮޑުވާ ކަމެއް ކަމަށެވެ.

Advertisement

ހަމައެއާއެކު އެއްވެސް މިންވަރެއްގެ ޖިނާޢީ ތުހުމަތުތަކެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވޭނަމަ، ކަމާބެހޭ އިދާރާތަކުން އެކަން ބަލައި ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ޖަމްއިއްޔާއިން ވަނީ މުއައްސަސާތަކަށް އެ ގޮވާލައިފައެވެ.

މުޖުތަމައުގައި ފަނޑިޔާރެއްގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދިދާނެ އެއްވެސް އަމަލެއް ފަނޑިޔާރުންގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް ހުރިހާ ފަނޑިޔާރުން ތަބާވުމަށް ފަނޑިޔާރުންގެ ޖަމްއިއްޔާއިން ވަނީ ހުރިހާ ފަނޑިޔާރުންނަށް އިލްތިމާސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް