Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2019 | އަންގާރަ 17:26
މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުގައްރިރު އަހުމަދު ސަލީމް
މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުގައްރިރު އަހުމަދު ސަލީމް
ރާއްޖެއެމްވީ
މަޖިލިސް
ކަރަންޓް އަގުހެޔޮ ކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވަނީ އެގަރާރުގެ ފުރަތަމަ ކިޔުން އިއްވާފަ

ކަރަންޓް އަގުހެޔޮ ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި އެޤަރާރުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ. އެޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް އެވެ. ސަލީމަކީ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުޤައްރިރުވެސް މެއެވެ.

ސަލީމް ހުށަހެޅުއްވި އެޤަރާރުގައިވާ ގޮތުން، ރާއްޖޭގެ ތަރައްޤީއަށާއި ދިވެހިންގެ ދިރިއުޅުމުގެ ފަސޭހަތަކަށް ބޭނުންވާ ކަރަންޓް އެފެއްދުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން ދިއުމާއި، ކަރަންޓްގެ އަގު ބޮޑުވުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޤަރާރުގައި ބުނެފައިވާ ގޮތުން، ކަރަންޓު އަގުބޮޑުވުމުގައި އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުކަން ފާހަގަކުރެވޭ ކަމަށާއި އެކަމުގެ ސަބަބުން ސަރުކާރަށް މާލީ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް ޤައުމީ ފެންވަރުގައި ރަނގަޅު ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް އެޤަރާރުގައި ބުނެފައިވެއެވެ.

Advertisement

މީގެއިތުރުން އެޤަރާރުގައި، ގްރީން ފަންޑާއި ދައުލަތުގެ ބަޖެޓުން ޙިއްސާ ވެގެން އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރުން ކުރިއެރުވުމުގެ ގޮތުން ޚާއްޞަ ފަންޑެއް އުފެއްދުމަށް ގޮވާލާފައި ވެއެވެ. އަދި އެނާޖީ އެފިޝަންސީ މަސައްކަތްތަކާއި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއާއި ހަކަތައިގެ ގަވަރނަންސް ހަރުދަނާ ގޮތެއްގައި ރެގިއުލޭޓް ކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެއްދުން އަވަސް ކުރުމަށާއި އެނަރޖީ އެފިޝިއެންސީ މިންގަނޑުތައް އެކުލަވާލަން އެޤަރާރުގައި ގޮވާލައްވާފައި ވެއެވެ.

އެނަރޖީ އެފިޝިއެންސީ މިންގަނޑުތަކަށް ފެތޭ ތަކެތިން ޑިއުޓީ މާފު ކުރުން ނުވަތަ ކުޑަ ކުރުމަށާއި، އެ މިންގަނޑުތަކަށް ނުފެތޭ ސާމާނުގެ ތެރެއިން ކޮންމެހެން އެތެރެ ކުރަން ޖެހޭ އެއްޗެހި ފިޔަވައި އެ ނޫން އެއްޗެހި ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރުމަށް އެޤަރާރުގައި ގޮވާލާފައިވާއިރު، އިއާދަ ކުރަނިވި ހަކަތަ އާއި ގުޅޭ އިންޖިނިއަރިން އާއި މެނޭޖްމަންޓްގެ ދާއިރާއިން މީހުން ބިނާކުރުން އިތުރުމަށް ގޮވާލާފައި ވެއެވެ.

ތެލަށް ބަރޯސާވެ، ތެލަށް ސަބްސިޑީ ދީގެން ކަރަންޓް އަގުހެޔޮ ކުރުމުގެ ވިސްނުމަކީ، ދެމެހެއްޓެނެވި އުސޫލަކުން ކާމިޔާބުވާނެ ކަމެއް ކަމަށް ނުފެންނަ ކަމެއް ކަމަށްވެސް ސަލީމް ހުށަހެޅުއްވި ޤަރާރުގައި ބުނެފައި ވެއެވެ.

ކަރަންޓު އަގު ހެޔޮ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް