Advertisement
ކ. މާލެ
|
14 މާރޗް 2017 | އަންގާރަ 14:21
ނިކޮބާ އައިލެންޑްސް އަށް އައި ބިންހެލުން އުފެދުނު ސަރަހައްދު
ނިކޮބާ އައިލެންޑްސް އަށް އައި ބިންހެލުން އުފެދުނު ސަރަހައްދު
ގޫގުލް
ބިންހެލުން
5.9 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެ އަށް އަސަރެއް ނުކުރާނެ: މެޓް
ރާއްޖެ އަށް އަސަރެއް ނުކުރާނެ
އާދައިގެ ކުޑަ ބިންހެލުމެއް
ރާއްޖެއާ 2101 ކިލޯމީޓަރު ދުރަށް

ނިކޮބާ އައިލެންޑްސް އަށް އަންގާރަ ދުވަހު އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

 

މޯލްޑިވްސް މީޓޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނީ 5.9 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ އިރުން 2101 ކިލޯމީޓަރު ދުރަށް ނިކޮބާ އައިލެންޑްސް އަށް ކަމަށެވެ.

 

މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި ރާއްޖެގަޑިން މިއަދު ހެނދުނު 7:51 ގައި އެރި ބިންހެލުމުގެ ނުރައްކަލެއް ރާއްެޖެއަކަަށް ނެތެވެ.

 

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށް އައި މި ބިންހެލުން އާދައިގެ ކުޑަ ބިންހެލުމެކެވެ. ބިންހެލުމާއި ގުޅިގެން ސުނާމީއެއްގެ އިންޒާރު ނެރެފައިނުވެ އެވެ.

 

ނިކޮބާ އައިލެންޑްސް އަށް ބިންހެލުމެއް އައިއިރު، 2010 ވަނަ އަހަރު ނިކޮބާ އަށް އައި 7.7 މެގްނިޓިއުޑްގެ އަސަރު ރާއްޖެ ކުރި އެވެ. މާލެއަށް ބިންހެލުން އިހުސާސް ކުރެވުނު ނަމަވެސް، އެއްވެސް އިމާރާތަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.

 

ބިންހެލުމުގެ އަސަރު ރާއްޖެ ނުކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފައިވާއިރު، މޫސުން ގޯސްވެ ވާރޭވެހޭނެ ކަމަށް ލަފާކޮށް އެ އިދާރާ އިން ވަނީ ވ. އަތޮޅާއި ލ. އަތޮޅާއި ދެމެދުގައިވާ ރަށްތަކަށް ވައިޓް އެލާޓް ނެރެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް