ކ. މާލެ
|
22 އޮކްޓޯބަރ 2019 | އަންގާރަ 10:56
އަލިފާނުގެ ހާދިސާގެ ސަބަބުން ގެއްލުންވި ބައެއް ތަކެތި
އަލިފާނުގެ ހާދިސާގެ ސަބަބުން ގެއްލުންވި ބައެއް ތަކެތި
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
ކުޅުދުއްފުށީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ

ހދ.ކުޅުދުއްފުށި ކަކާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު އަންގާރަ ދުވަހުގެ ފަތިހު 04:16 ހާއިރު ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އަދި ސިފައިން އެ ސަރަޙައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 04:40 ހާއިރުއެވެ.

އެމްއެންޑީެފުން ކާކާގޭގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފައި

މި ހާދިސާ އާ ގުޅިގެން އެ ގޭ ތެރޭގައި ދުން ބޯވެފައި ހުރުމުގެ ސަބަބުން ސިފައިން ވަނީ ދުން ބޭރު ކުރުމުގެ މަސައްކަތް ކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، މި ހާދިސާގައި އެ ގެއަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު ސައިކަލެއްގައިވެސް ރޯވެ އެއްކޮށް އަނދާފައިވާކަމަށް މައުލޫމާތު ލިބެއެވެ،

މި ހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަހުޤީޤުކުރަމުންނެވެ.

- ކޮމެންޓް