Advertisement
ކ. މާލެ
|
20 އޮކްޓޯބަރ 2019 | އާދީއްތަ 18:48
އެމްއޯޔޫގައި ސޮއި ކުރަނީ
އެމްއޯޔޫގައި ސޮއި ކުރަނީ
ރާއްޖެ އޮންލައިން
މޯލްޑިވްސް މެޑިކަލް އެކްސްޕޯ 2019
ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމަށް އެސްޓަރ މިމްސް އާއި އެމްވީ މެޑިކަލްސް އިން އެއްބަސްވެއްޖެ
މި އެއްބަސްވުމުގެ ދަށުން ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރެވިގެންދާން

މޯލްޑިވްސް މީޑިއާ އެކްސްޕޯގެ ތެރެއިން އިންޑިއާގެ އެސްޓަރ މިމްސް އާއި އެމްވީ މެޑިކަލްސް އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.

Advertisement

އެމްވީ މެޑިކަލްސްގެ މާރކެޓިންގް ޑިރެކްޓަރ އެންޑް ޕަބްލިކް ރިލޭޝަންސް އަބްދުލް ޖަލީލް ހުސައިން ވިދާޅުވީ މި އެމްއޯޔޫގެ ދަށުން ރާއްޖެއިން ލިބެންނެތް ސިއްހީ ހިދުމަތްތައް އެސްޓަރ މިމްސް ގްރޫޕްގެ އައުޓްލެޓްތަކުން ލިބޭނެ ގޮތް ވެގެންދާނެ ކަމަށާއި އަދި މި އެމްއޯޔޫގެ ދަށުން މަސައްކަތް ކުރާނީ ޞިއްޙީ ޚިދްމަތްތެރިން ތަމްރީންކުރުމަށް ވިސްނައިގެންކަމަށެވެ.

މި އެމްއޯޔޫ މައިގަނޑު ގޮތެއްގައި އަމާޒުވެފައިވަނީ ރާއްޖެއިން ލިބެންނެތް އެކަމަކު ރާއްޖެއަށް ބޭނުންތެރި އެކަމް ރާއްޖޭގެ ރައްޔިތުންނަށް ލިބެންނެތް، ހާއްސަ ގޮތެއްގައި ފޯކަސް ކޮށްގެން. މީގެ އޮތުރުން މި އެއްބަސް ވުމުގެ ދަށުން ދިވެހިރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރެވިގެންދާނެ. އުއްމީދަކީ މެޑިކަލް ޓުއަރިޒަމް ރާއްޖޭގައި ތައާރަފް ވެގެން ދިޔުން.
އެމްވީ މެޑިކަލްސްގެ މާރކެޓިންގް ޑިރެކްޓަރ އެންޑް ޕަބްލިކް ރިލޭޝަންސް އަބްދުލް ޖަލީލް ހުސެއިން

މީގެ އިތުރުން އަބްދުލް ޖަލީލް ހުސެއިން ވިދާޅުވީ މި އެއްބަސްވުމުގެ އެންމެ ބޮޑު ބޭނުމަކީ މީހުން ތަމްރީނު ކުރުން ކަމަށާއި އެގޮތުން ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެސްޓަރ މިމްސް ގެ ފަރާތުން ވާހަކަ ދައްކަވަމުން ރިޒްވާން ވިދާޅުވީ ބުރަކަށީގެ ތަދުތަކަކީ ވަރަށް އާންމު ބައްޔެއް ކަމަށާއި އެކަމަށް އެސްޓަރ މިމްސް އިން 24 ގަޑިއިރު ތެރޭގައި ރަނގަޅުވާނެ ޙައްލެއް ހޯދައިފައިވާ ކަމަށެވެ. އެހެންކަމުން މި ފަރުވާ ރާއްޖޭގެ ރައްޔިތުންނަށް މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް