Advertisement
ކ. މާލެ
|
20 އޮކްޓޯބަރ 2019 | އާދީއްތަ 17:56
ގްރީން މޫން ކެފޭގައި ރޯވުން
ގްރީން މޫން ކެފޭގައި ރޯވުން
ރާއްޖެއެމްވީ
ގްރީން މޫން ކެފޭ
ގްރީން މޫން ކެފޭގެ ބަދިގޭގައި ރޯވެއްޖެ
އަލިފާން ރޯވީ ކެފޭގެ ބަދިގޭގައި، މިހާރު ވަނީ ނިއްވާލާފައި

ޗާނދަނީ މަގުގައި ހުންނަ ގްރީން މޫން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ޗާނދަނީ މަގުގައި ހުންނަ ގްރީން މޫން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި، އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

Advertisement

އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވެފައިވަނީ އެ ކެފޭގެ ބަދިގޭގައި ކަމަށާއި، މިހާރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ކަމުގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ އާދީއްތަ ދުވަހު 17:50 ހާއިރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް