Advertisement
ކ. މާލެ
|
14 މާރޗް 2017 | އަންގާރަ 03:30
ފާރިސް މައުމޫން، މަޖިލީހުގެ ބައެއް އެހެން މެންބަރުންނާއެކު
ފާރިސް މައުމޫން، މަޖިލީހުގެ ބައެއް އެހެން މެންބަރުންނާއެކު
ރާއްޖެ އެމްވީ
ރައީސް ނަޝީދު
ފާރިސްއަށް ބިރުދައްކަމުން ދަނީ ފާޅުގައި ލަދެއް ނެތި: ރައީސް ނަޝީދު
ފާރިސްގެ ހިތްވަރަށް ޤަދަރުކުރަން: ރައީސް ނަޝީދު
އޭސީސީއަށް ހާޒިރުވާން ފާރިސްއަށް ވަނީ އަންގާފަ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދިކުރީގެ ރައީސް އަލްއުސްތާޛް މައުމުން ޢަބްދުލް ޤައްޔޫމްގެ ދަރިކަލުން، އަޙުމަދު ފާރިސް މައުމޫނަށް ބިރުދައްކަމުން ދަނި ފާޅުގައި، ލަދެއްނެތި ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ، މުޙައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ފާރިސްއަށް ބިރުދައްކަމުން ދަނި ފާޅުގައި، ލަދެއްނެތި ކަމަށާ، އެ ބިރަށް ކުރިމަތިލައްވާ ފާރިސްގެ ދައްކަވާ ހިތްވަރުފުޅު ފާހަގަ ކުރައްވާފައިވެ އެވެ. 

ރައީސް ނަޝީދު، ފާރިސް މައުމޫން އާއި ގުޅޭގޮތުން މިގޮތަށް ޓްވީޓް ކުރައްވާފައި މިވަނީ، ސަރުކާރު ޒިންމާދާރު ކުރުމަށް ކުރެވޭ އެކި މަސައްކަތްތަކުގައި އިސްކޮށް އުޅުއްވަމުން ގެންދަވާ ދުވަސްވަރެއްގައެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ކުރައްވަމުން ގެންދެވި ތާޢީދު އަނބުރައި ގެންދަވައި، ފާރިސް ވަނީ ޕާޓީގެ ތެރެއިންނާއި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިސްލާޙީ ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައްޔިތުންގެ އެތައް ޙައްޤުތަކެއް ހަނިކޮށް، ނިގުޅައިގަތުމަށް ކޮށްފައިވާ، އަދި ކުރަމުންދާ މަސައްކަތްތައް ހުއްޓުވައި، މަޖިލިސް ހަމަ މަގަށް އެޅުވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީޙު މަގާމުން ވަކިކުރުމަށް ކުރަމުންދާ މަސައްކަތުގައި ފާރިސް ގެންދަވަނީ އިސް ދައުރެއް އަދާ ކުރަމުންނެވެ.

މަސީހު މަގާމުން ދުރުކުރަން 26 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ މާޗް 27 އަށް ވަނީ އެޖެންޑާކޮށްފަ އެވެ. އެ މައްސަލަ ފާސްކުރަން ބޭނުންވަނީ 42 ވޯޓް ކަމަށާއި އެވަރަށް މެމްބަރުން ހަމަކުރެވިފައިޥާ ކަމަށް ފާރިސް ވިދާޅުވި އެވެ. 

މި މަސައްކަތްތަކާ ގުޅިގެން، ސަރުކާރާއި، ސަރުކާރު ހިންގާ ޕީޕީއެމްގެ މުސްތަޝާރު ފެކްޝަނުން ދަނީ ފާރިސް އާއި ދެކޮޅަށް އެކި ފިޔަވަޅުތައް އަޅަމުންނެވެ.

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު މަޖިލީހުގައި އެޖެންޑާ ކޮށްފައިވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށްބުނެ، އެ ކޮމިޝަނަށް ހާޒިރުވުމަށް ފާރިސްއަށް ވަނީ އަންގާފައެވެ.

ފާރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭސީސީ އަށް ހާޒިރުވާން އަންގާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ވޯޓުގެ ކުރިން ޖެއްސުންކޮށް، ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ކަމަށެވެ.

އޭސީސީ އަށް ހާޒިރުވާން އެންގުުމުގެ ކުރިން ވެސް ފާރިސް ވަނީ، މަސީހުގެ އިތުބާރުގެ މައްސަލައާ ގުޅިގެން މެންބަރުންނަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރުވައި، ބިރުދައްކާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ޖަލަށް ދާން ޖެހުނު ނަމަވެސް، އިސްލާހީ މަސައްކަތުގައި ސާބިތުވެ ހުންނަވާނެ ކަމަށް ފާރިސް ވިދާޅުވެފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް