ކ. މާލެ
|
18 އޮކްޓޯބަރ 2019 | ހުކުރު 18:51
ޖަފްނާގެ އެއާޕޯޓަށް ފުރަތަމަ ޖެއްސި ފްލައިޓް ރަންވޭގައި
ޖަފްނާގެ އެއާޕޯޓަށް ފުރަތަމަ ޖެއްސި ފްލައިޓް ރަންވޭގައި
ގޫގުލް
ލަންކާ
ޖަފްނާގައި އިންޓަނޭޝަނަލް އެއަރޕޯޓެއް ހުޅުވައިފި
އެ އެއާޕޯޓް ހުޅުވައިދެއްވީ ލަންކާގެ ރައީސް މައިތިރިޕާލާ ސްރިސޭނާ
އެއީ ލަންކާގައި ހުޅުވި ތިންވަނަ އިންޓަނޭޝަނަލް އެއާޕޯޓް

ލަންކާގެ ޖަފްނާ ސިޓީގައި ގާއިމްކުރި އިންޓަނޭޝަނަލް އެއަރޕޯޓު ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ.

އެތެރޭގެ އުދުހުންތައް އޮޕަރޭޓްކުރުމަށާއި މިލިޓަރީ ބޭނުންތަކަށް ކުރިން ބޭނުންކުރި ޖަފްނާގެ އެއަރޕޯޓް އިންޓަނޭޝަލް އެއާޕޯޓަކަށް ތަރައްގީކޮށް ހުޅުވީ އިންޑިއާ ސަރުކާރުގެ އެހީގައެވެ.

ބުރާސްފަތި ދުވަހު ޖަފްނާގައި އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރަސްމީކޮށް އެ އެއަރޕޯޓް ހުޅުވައިދެއްވީ ލަންކާގެ ރައީސް މައިތިރިޕާލާ ސްރިސޭނާ އެވެ. އެ ރަސްމިއްޔާތުގައި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު އަރުޖުނާ ރަނަތުންގާ ބައިވެރިވަޑައިގެންނެވިއެވެ.

2.3 ކިލޯމީޓަރުގެ ރަންވޭ އަކާއެކު ހެދި ޖަފްނާގެ އެ އެއަރޕޯޓަށް ފުރަތަމަ ޖެއްސީ އިންޑިއާގެ އެލަޔަންސް އެއާގެ ބޯޓެއްކަން ފާހަގަކޮށްލެވެއެވެ.

ލަންކާގައި ގިނަ އަހަރު ތަކަކަށް ދިގުދެމިގެންދިޔަ ދާހިލީ ހަނގުރާމަ އެންމެ ގަދަޔަށް ހިނގި ޖަފްނާގައި ބުރާސްފަތި ދުވަހު ހުޅުވިގެންދިޔަ އެ އެއަރޕޯޓަކީ ލަންކާގައި ހުޅުވި ތިންވަނަ އިންޓަނޭޝަނަލް އެއަރޕޯޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް