ކ. މާލެ
|
17 އޮކްޓޯބަރ 2019 | ބުރާސްފަތި 08:37
ކުވައިތުގެ އަމީރު ޝެއިހް ސަބާހް އަލް އަހުމަދު އަލް ސަބާހް
ކުވައިތުގެ އަމީރު ޝެއިހް ސަބާހް އަލް އަހުމަދު އަލް ސަބާހް
އަލްޖަޒީރާ
ކްވައިތް
ފަރުވާއަށްފަހު ކުވައިތުގެ އަލް އަމީރު ގައުމަށް ވަޑައިގެންފި
އެމެރިކާއަށް ވަޑައިގެންނެވީ ޓްރަމްޕާ ބައްދަލުކުރައްވަން
އާލާންކަންފުޅާ ކުރިމަތިލާން ޖެހިވަޑައިގަތުމުން އެބައްލުވުން ކެންސަލް ކުރެއްވި

އެމެރިކާގައި ފަރުވާ ހޯދުމަށްފަހު ކުވައިތުގެ އަމީރު ޝެއިހް ސަބާހް އަލް އަހުމަދު އަލް ސަބާހް އަނބުރާ ކުވައިތްއަށް ވަޑައިގެންފިއެވެ.

ޝެއިހް ސަބާހް ކުވައިތްއަށް ވަޑައިގެންނެވީ ސިއްހީ ގޮތުން ދިމާވި މައްސަލަތަކަށް ފަރުވާ ހޯދުމަށްފަހު، ހާލު ރަނގަޅުވަމުންނެވެ.

ޝެއިހް ސަބާހް ވަނީ 2000 ވަނަ އަހަރު ހިތުގެ ޕޭސްމޭކަރ އެއްލައްވާ އަދި 2007 ވަނަ އަހަރު ކުޑަކަމުދާ ނިޒާމުގެ ސަރޖަރީއެއް ހަދާފައެވެ.

ޝެއިހް ސަބާހް އެމެރިކާއަށް ވަޑައިގެންނެވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް އެގައުމަށް ކުރެއްވި ދަތުރުފުޅެއްގައެވެ. ނަމަވެސް އާލަސްކަންފުޅާ ކުރިމަތިލާން ޖެހިވަޑައިގަތުމުން އެބައްދަލުވުން ކެންސަލް ކުރެއްވިއެވެ.

2006 ވަނަ އަހަރުން ފެށިގެން ކުވައިތްއަކީ އެމެރިކާގެ ސަރަހައްދީ ބައިވެރިއެއްގެ އިތުރުން އޯޕެކްގެ މެމްބަރު ގައުމެކެވެ. އަލް އަމީލް ސަބާހްއަކީ ވޭތުވެދިޔަ 50 އަހަރު ކުވައިތްގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި ވެސް އެންމެ އިސްރޯލެއް އަދާކުރައްވާފައިވާ ފަރާތެވެ.

އެގޮތުން އަރަބި ދުނިޔޭގެ ހަތަރު ގައުމެއް ވެގެން ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުން ވެސް އަމީރު ސަބާހް އިސްކުރެއްވީ ހާރިޖީ ހައްލެއް ހޯދުމެވެ.

- ކޮމެންޓް