Advertisement
ކ. މާލެ
|
13 މާރޗް 2017 | ހޯމަ 20:45
މާފުށީ ޖަލު
މާފުށީ ޖަލު
ގޫގުލް
މާފުށީ ޖަލު
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް
ގައިދީންނާ ބައްދަލު ކުރުމަށް ވަރަށް އަވަހަށް މާފުށީ ޖަލަށް ދާނަން
ގައިދީންނާ ބައްދަލު ކުރާނީ ކަރެކްޝަންގެ އިސްވެރިންގެ ޢައިރު ހާޒިރުގައި

މާފުށީ ޖަލުގައި ގައިދީންތަކެއް ބަނޑުހައިހޫނުމަމުގެ ހަޅުތާލެއް ކުރާ ކަމުގެ މައުލޫމާތު މީޑިއާތައް މެދުވެރިކޮށް ލިބުމުން، އެކަން ހިނގައިދިޔަ ގޮތް ބެލި ކަމަށާއި އަދި މިހާރު މާފުށީ ޖަލުގައި އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށް ހިއުމަންސް ރައިޓސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމްގެ އަހަރީ ރިޕޯޓް ނެރުމަށް ބޭއްވި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއާރުސީއެމްގެ ނައިބު ރައީސް ޝިފާގް މުފީދު ވިދާޅުވީ އެ މައުލޫމާތު ލިބުމުން ވަގުތުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ނިހާނަށް ގުޅާ މައުލޫމާތު ސާފްކުރި ކަމަށެވެ.

އެގޮތުން ޝިފާގް ވިދާޅުވީ ބައެއް ގައިދީން ބަނޑުހައި ހޫނުކަމުގެ ހުޅުތާލު ކުރި ކަމަށާއި ނަމަވެސް އެ ގައިދީން ނުކައި ތިބީ އެންމެ އިރަކު ކަމަށެވެ. އަދި އެ ހަޅުތާލު މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށާއި އެކަން ހިނގައިދިޔަ ގޮތް ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ޝިފާގް ވިދާޅުވިއެވެ.

ގައިދީން ބަނޑުހައި ހޫނު ކަމުގެ ހުޅުތާލު ކުރި ސަބަބާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝިފާގް ވިދާޅުވީ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރީ މާފުށީ ޖަލުގެ ސެކިޔުރިޓީ ވަރުގަދަކޮށް ފޯނު ފަދަ ޖަލަށް ވެއްދުން މަނާ ތަކެތި ނުވެއްދޭނެ ގޮތް ހަދައި، ޖަލުގެ ގޮޅިތަކުގައި ހުންނަ ކަރަންޓް ނަރު ދަގަނޑު ހޮޅިތަކުގެ ތެރެއަށް ލުމުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގައިދީން ގެންގުޅޭ ފޯންތައް ޗާޗް ކުރެވޭ ގޮތް ނުވުމުން ހަޅުތާލު ކުރީ ކަމަށް ޝިފާގް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާގް ވިދާޅުވީ ވަރަށް އަވަހަށް ކޮމިޝަނުން މާފުށީ ޖަލަށް ޒިޔާރަތް ކުރާނެ ކަމަށާއި އަދި ކަރެކްޝަންސްގެ އިސްވެރިންގެ ޢައިރު ހާޒިރުގައި ގައިދީންނާ ބައްދަލުކޮށް އެކަން ހިނގައިދިޔަ ގޮތް އިތުރަށް ތަހުގީ ކުރާނެ ކަމަށް ޝިފާގް ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް މައުމޫލާތު ދިން މީހަކު ބުނީ ހޮނިހިރު ދުވަހުގެ ހެނދުނުއްސުރެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރަމުންދާ ކަމަށެވެ. އެމީހުން މި ހަޅުތާލުކުރަނީ ޖަލުގައި އެމީހުންނަށް ލިބެންޖެހޭ ބަހެއް ހިދުމަތްތައް އެންމެ ރަނގަޅުގޮތުގައި ނުލިބޭތީ ކަމަށް އޭނާ ބުނެ އެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމުގައި ވެސް ގައިދީންނަށް ދަތިތައް ހުރިކަން ރާއްޖެއެމްވީއާ ވާހަކަ ދެއްކި ގައިދީއަކު ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކުރަމުންދާއިރު ބައެއް ގޮޅިތަކުގެ ކަރަންޓް ކަނޑާލައި ގައިދީންނަށް އަނިޔާކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެ އެވެ.

މިކަމާ ގުޅިގެން ކަރެކްޝަލް ސަރވިސްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މެކްސިމަމް ސެކިއުރިޓީ ބައިގައި ހިތްހަމަނުޖެހުންތަކެއް ހުރެ އަޑުގަދަ ކުރަމުންދާ ކަމަށާއި އެހެންނަމަވެސް ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުން ނުދާ ކަމަށެވެ. ޖަލުގައި ހިނގަމުންދާ ބަނޑުހައި ހޫނުކަންމަތީގެ ހަޅުތާލުގައި 70 ވަރަކަށް މީހުން ބައިވެރިވާކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް